Advertisement

ދަންޖެހުނު ކަމުގެ ނިޝާނެއް އަތުހަރުގެ ހަށިގަނޑަކު ނެތް، ޕޯސްޓްމޯޓަަމް ހަދާކަށް ބޭނުމެއް ނޫން: އާއިލާ

2 ސެޕްޓެންބަރު 2024 - 19:44 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ެފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ހާލުބޮޑުވެ، އައިޖީއެމްއެޗްގައި މިއަދު ނިޔާވި އާދަމް އަތުހަރު،


ދަންޖެހުނު ކަމުގެ ނިޝާނެއް އަތުހަރުގެ ހަށިގަނޑަކު ނެތް، ޕޯސްޓްމޯޓަަމް ހަދާކަށް ބޭނުމެއް ނޫން: އާއިލާ

2 ސެޕްޓެންބަރު 2024 - 19:44 0

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި ހާލުބޮޑުވެ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު މަރުވި ފަހުން އޭނާގެ ހަށިގަނޑު އާއިލާއަށް ދެއްކި އިރު، އޭނާ ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށް އެ އާއިލާއިން ބުނެފި އެވެ.

ރަހީނުކުރުމުގެ ކުށް ހުއްޓުވަން ފުލުހުން ކުރި މަސައްކަތުގައި އަތުހަރުގެ ބޮލަށް އަނިޔާވެފައިވާތީ އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ފުލުހުންގެ ބަންދަށް ގެންދިޔައީ ބުރާސްފަތިދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭގެ ފަހުން އޭނާގެ ހާލަތު ގޯސްވެގެން ދެވަނަ ފަހަރަށް ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް ފަހު އަނެއްކާ ވެސް ގެންދިޔައީ ބަންދަށެވެ.

އޭގެ ފަހުން ރޭ ފުލުހުން ބުނީ އޭނާ ބަންދުކޮށްފަައި ހުރި ތަނުގައި ދަންޖެހުމުން އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލުގައި އޭނާ މަރުވީ މިއަދު ހަވީރު އެވެ.

އަތުހަރުގެ އެއްބަނޑުއެއްބަފާ ބޭބެ މުހައްމަދު ތަސްމީނު "އަދަދު"އަށް ބުނީ އަތުހަރު މަރުވުމުގެ ކުރިން ވެސް އޭނާ އެޑްމިޓްކޮށްފައި އޮތް ތަނަށް ވަނުމުގެ ފުރުސަތު އެއްފަހަރު ލިބުނު ކަމަށާއި މަރުވުމުން ސާފުކޮށްފައި ވެސް ހަށިގަނޑު ދެއްކި ކަމަށެވެ.

"ހަތަރުގަޑި އަށެއްގަައި މަރުވީ، އީސީޖީގައި އަޅުގަނޑު އޮންނާނެ ސޮއިކޮށްފައި، ދެއްކި ކަމަށް. އަޅުގަނޑަކަށް އެއްވެސް ވަރަކަށް ފާހަގައެއް ނުުކުރެވޭ އެއްވެސް ނިޝާނެއް ކަރުގައި ހުރިކަމަކަށް،" ތަސްމީނު ބުންޏެވެ.

އަތުހަރުގެ މަރުގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަން ފުލުހުން މިއަދު ހާމަކުރި އެވެ. އެހެން ނަމަވެސް ތަސްމީނު ބުނީ އޭނާގެ ޕޯސްޓްމޯޓަމް ހަދަން އާއިލާއިން އެއްގޮތަކަށް ވެސް ބޭނުން ނުވާ ކަމަށެވެ.

"ޕޯސްޓްމޯޓަމް ހަދާކަށް އަޅުގަނޑުމެން އެއްވެސް ގޮތަކަށް ބޭނުމެއް ނޫން، އަޅުގަނޑުމެން ބޭނުންވަނީ އަވަސްވީ ގޮތަކުން ހަށިގަނޑު ވަޅުލަން،" ތަސްމީނު ބުންޏެވެ.

އެެހެން ނަމަވެސް އަތުހަރުގެ ހަށިގަނޑު އަދި އާއިލާއަކާ ހަވާލުނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.