Advertisement

އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދައި، މައްސަލަ ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުނެފި

2 ސެޕްޓެންބަރު 2024 - 12:59 1

އަހުމަދު އާއިދު

އ

Advertisement

އަތުހަރު، ފުލުހުންގެ ބަންދުގައި ހުއްޓައި ރޭ އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހޮސްޕިޓަލަށް ގެންދިޔަ ވަގުތު؛ އޭނާ މަރުވީ މިއަދު ހަވީރު --- ފޮޓޯ; އަދަދު ފައިލް


އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓަމް ހަދައި، މައްސަލަ ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުނެފި

2 ސެޕްޓެންބަރު 2024 - 12:59 1

Advertisement

Advertisement

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހޮސްޕިޓަލުގައި ފަރުވާދަނިކޮށް މިއަދު މަރުވި އާދަމް އަތުހަރު، 32, މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދާ އޭނާގެ މަރުގެ މައްސަލަ ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

"އާދަމް އަތުހަރު ނިޔާވި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގުކުރަމުން. އަދި މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް ވަނީ ނިންމާފަ،" އަތުހަރުގެ މަރާއެކު ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

Advertisement

އަހުތަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ރޭ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން އޭނާ ރަހީނުކުރި މައްސަލައާ ގުޅިގެންނެވެ. ހައްޔަރުކުރުމުގެ ތެރޭގައި އަތުހަރުގެ ބޮލަށް ބޮޑު އަނިޔާއެއްވި އެވެ.

އެ އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު ކަސްޓޯޑިއަލްއަށް އަތުހަރު ގެންދިޔައީ ހޮނިހިރު ދުވަހު އެވެ. ނަމަވެސް, އޭނާގެ ހާލު ސީރިއަސް ވެގެން އަނބުރާ އައިޖީއެމްއެޗްގައި އެޑުމިޓުކުރީ ހަމަ އެ ދުވަހު ހަވީރު އެވެ.

އެއަށްފަހު އަތުހަރުއަށް އިތުރު ފަރުވާ ދިނުމަށްފަހު އަނބުރާ ކަސްޓޯޑިއަލްއަށް ގެންދިޔައީ އިއްޔެ އެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށް، ދޫނިދޫއަށް ގެންގޮސްފައި ވަނީ ވެސް އިއްޔެ އެވެ.

Advertisement

ހައްޔަރުކޮށްފައިހުރި ގޮޅީގައި އަތުހަރު، ދަންޖެހި އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ރޭ އިރާކޮޅު އެވެ. އަތުހަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާކަން ފުލުހުން ހާމަކުރީ ރޭ 19:42 ގަ އެވެ. ފުލުހުންނާއި އާއިލާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭނާ މަރުވީ މިއަދު ހަވީރު 4:08 ހާއިރު އެވެ. ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. މަރުވިއިރު އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

އަތުހަރު އައިޖީއެމްއެެޗްގައި އެޑްމިޓްކޮށްފައި އޮތް އިރު އެ ތަނުގައި މިވަގުތު ތިބި "އަދަދު" ނޫހުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އަތުހަރުގެ އާއިލާއިން ވަނީ އެކަށީގެންވާ ވަރަށް ފުލުހުން މައުލޫމާތު ހިއްސާނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މި މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިވަގުތު ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

0.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ސައިޚް

7 months ago

ދިވެހި ފުލުހުންތަ ބުނީ މައްސަލަބަލާނަމޭ، ސަހަރޯ ކޮން ޓައިމްވޭސްޓެއް، ދުވަހަކު ދިވެހި ފުލުހުންގެ އަމިއްލަ ކަމެއް ބެލޭނެތަ، މުޅިދުނިޔެއަށް އެނގޭނެ ދިވެހި ފުލުހުންގެ ހުރި ހުށިޔާރުކަން، އުޑުބަޅުކުރެއްވި ހިސާބުގައުޅޭ އިންސާނަކު ގަބޫލެއްނުކުރާނެ،