Advertisement

އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާދެމުން ގެންދިޔަ އަތުހަރު މަރުވެއްޖެ

2 ސެޕްޓެންބަރު 2024 - 17:01 1

އަހުމަދު އާއިދު

އަހުމަދު އާއިދު


އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ފަރުވާދެމުން ގެންދިޔަ އަތުހަރު މަރުވެއްޖެ

2 ސެޕްޓެންބަރު 2024 - 17:01 1

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކޮށްގެން ހޮސްޕިޓަލުގައި ފަރުވާދަނިކޮށް މަރުވެއްޖެ އެވެ.

އަތުހަރުގެ އާއިލާއިން "އަދަދު" އަށް މައުލޫމާތު ދިން ގޮތުގައި އޭނާ މަރުވީ މިއަދު ހަވީރު 4:08 ހާއިރު އެވެ. އޭނާއަށް ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. މަރުވިއިރު އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

އަތުހަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާކަން ފުލުހުން ހާމަކުރީ ރޭ 19:42 ގަ އެވެ. ރޭ 21:57 ގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވަނީ އަތުހަރު މިވަގުތު އޮތީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަން ހާމަކުރައްވާފަ އެވެ.

"ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން މިވަގުތު ތިބީ ދޫނިދޫ ކަސްޓޯޑިއަލްގައި އަދި މި ހާދިސާއާ ގުޅޭ ތަހުގީގު ވަނީ ފަށާފައި," ޝިފާން ގެ މެސެޖުގައިވެ އެވެ.

އަތުހަރު އައިޖީއެމްއެެޗްގައި އެޑްމިޓްކޮށްފައި އޮތް އިރު އެ ތަނުގައި މިވަގުތު ތިބި "އަދަދު" ނޫހުގެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އަތުހަރުގެ އާއިލާއިން ވަނީ އެކަށީގެންވާ ވަރަށް ފުލުހުން މައުލޫމާތު ހިއްސާނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭނާގެ ހާލަތު ގޯސް ކަމަށް ބުނެ މީގެކުރިން ވެސް ފުލުހުންގެ ކައިރީގައި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު "އަދަދު" އަށް ބުންޏެވެ. އަދި, އެކި ގޮތްގޮތަށް ފުލުހުން މައުލޫމާތު ދެމުންދާތީ ވެސް އާއިލާގެ ކަންބޮޑުވުން އެބަހުއްޓެވެ.