Advertisement

އެސްޓީއޯއިން ދޮޅު މިލިއަން ރުފިޔާ ނެގުމަށްފަހު އެފްއޭއެމްއިން މުބާރާތެއް ނުބޭއްވުމުން އަނބުރާ ފައިސާ ދޭން ހުކުމްކޮށްފި

2 ސެޕްޓެންބަރު 2024 - 16:03 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މާލޭގައި ހުންނަ އެފްއޭއެމްގެ އިމާރާތް -- ފޮޓޯ: އަދަދު


އެސްޓީއޯއިން ދޮޅު މިލިއަން ރުފިޔާ ނެގުމަށްފަހު އެފްއޭއެމްއިން މުބާރާތެއް ނުބޭއްވުމުން އަނބުރާ ފައިސާ ދޭން ހުކުމްކޮށްފި

2 ސެޕްޓެންބަރު 2024 - 16:03 0

ސައުތު ލީގުގެ ނަމުގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ފުޓުބޯޅަ މުބާރާތެއް ބާއްވާނެ ކަމަށް ބުނެ ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އިން ސްޕޮންސާގެ ގޮތުގައި އެސްޓީއޯއިން ހޯދި 1.5 މިލިއަން ރުފިޔާ ކުރިއަށް އޮތް 15 ދުވަސް ތެރޭގައި އަނބުރާ އެ ކުންފުންޏަށް ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ ސައުތު ލީގުގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބޭއްވުމަށް ނޮވެމްބަރު 16، 2022، ގައި އެފްއޭއެމް އާއި އެސްޓީއޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް އެ އެއްބަސްވުމާ އެއްގޮތަށް އެފްއޭއެމުން މުބާރާތް ބާއްވާފައި ނުވާ ކަމަށެވެ.

އެސްޓީއޯ އާއި އެފްއޭއެމްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސްޕޮންސާގެ ގޮތުގައި އެސްޓީއޯއިން އެފްއޭއެމަށް 1.5 މިލިއަން ރުފިޔާ ދީފައިވާކަން އެނގޭ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

އެ މައްސަލަ ކުރިއަށް ގެންގޮސްފައި ވަނީ އެފްއޭއެމްގެ ގައިރު ހާޒިރުގަ އެވެ.

މައްސަލަ ހިނގާފައިވާ ގޮތުގެ ހުލާސާ

  • އެސްޓީއޯގެ ސީއެސްއާރުގެ ދަށުން ސްޕޮންސާ ހޯދަން އެފްއޭއެމުން އެދުން - ސެޕްޓެމްބަރު 1، 2022
  • އެސްޓީއޯ އާއި އެފްއޭއެމާ ދެމެދު ވަކި ޝަރުތުތަކަށް އެއްބަސްވެ ސްޕޮންސާޝިޕު އެއްބަސްވުމުގައި ސޮއި ކުރުން - އޮކްޓޫބަރު 18، 2022
  • ދެފަރާތުގެ ދެމެދުގައި ވީ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން ދޭން އެއްބަސްވި 1.5 މިލިއަން ރުފިޔާގެ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި 700،000ރ. ދިނުން - އޮކްޓޫބަރު 23، 2022
  • އެސްޓީއޯއިން ދޭން އެއްބަސްވި 1.5 މިލިއަން ރުފިޔާގެ ދެވަނަ ޕޭމަންޓުގެ ގޮތުގައި 400،000ރ. ދިނުން - ނޮވެމްބަރު 28، 2022
  • އެސްޓީއޯއިން ދޭން އެއްބަސްވި 1.5 މިލިއަން ރުފިޔާގެ ތިންވަނަ ޕޭމަންޓުގެ ގޮތުގައި 400،000ރ. ދިނުން - ޑިސެމްބަރު 29، 2022
  • އެސްޓީއޯއާ ދެމެދު ވީ އެއްބަސްވުމުގެ ދަށުން އެފްއޭއެމުން މުބާރާތް ފަށާނެ ކަމަށް ބުނި ތާރީހު - ޑިސެމްބަރު 4، 2022
  • އެފްއޭއެމުން އެއްބަސްވި ގޮތަށް މުބާރާތް ބާއްވާފައި ނުވާތީ ދެން މުބާރާތެއް ބޭއްވޭނެ ތާރީހެއް އަންގައި ދިނުމަށް އެދި އެސްޓީއޯއިން ސިޓީ ފޮނުވުން - އޮކްޓޫބަރު 23، 2023
  • ދެ ފަރާތުގެ ދެމެދުގައި ވީ އެއްބަސްވުމާ އެއްގޮތަށް މުބާރާތް ބާއްވާފައި ނުވާތީ އެއްބަސްވުން ބާތިލުވި ކަމަށް ބުނެ އެސްޓީއޯއިން ސިޓީ ފޮނުވުން - ޑިސެމްބަރު 6، 2023

އެސްޓީއޯ އާއި އެފްއޭއެމާ ދެމެދު ވީ އެއްބަސްވުމުގައިވާ ގޮތަށް އެ މުބާރާތް ނުބާއްވައިފި ނަމަ އެ އެއްބަސްވުން ބާތިލު ކުރުމުގެ ބާރު އެސްޓީއޯއަށް ލިބޭ ކަމަށް ވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

އެ ހުރިހާ ކަމަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން އަމުރު ކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެސްޓީއޯއިން އެފްއޭއެމަށް ދިން 1.5 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށެވެ.

އެ މައްސަލައިގައި ހެކީގެ ގޮތުގައި އެސްޓީއޯއިން ވަނީ އެފްއޭއެމުން އެސްޓީއޯއަށް ހުށަހެޅި "ސްޕޮންސާޝިޕް އެންޑް ސީއެސްއާރު ރިކުއެސްޓު ފޯމު" އާއި އެސްޓީއޯ އާއި އެފްއޭއެމާ ދެމެދު ވެފައިވާ ސްޕޮންސާޝިޕް އެއްބަސްވުމުގެ އިތުރުން ސްޕޮންސާޝިޕް ފައިސާ އެސްޓީއޯއިން އެފްއޭއެމް އަށް ޓްރާސްފާ ކޮށްފައިވާ ބޭންކް ސްލިޕުތައް ވެސް ހުށަހަޅައިފަ އެވެ.

އޭގެ އިތުރުން އެސްޓީއޯއިން ވަނީ މުބާރާތް އިންތިޒާމު ކޮށްފައި ނުވާތީ އެސްޓީއޯއިން އެފްއޭއެމަށް މުބާރާތް ބޭއްވޭނެ ދުވަހެއް ލިޔުމުން ހިއްސާ ކުރުމަށް އެދި ފޮނުވި ސިޓީތަކާއި އެސްޓީއޯއިން އެފްއޭއެމަށް ފޮނުވާފައިވާ ސްޕޮންސާޝިޕް އެއްބަސްވުން ޓާމިނޭޓު ކުރިކަމުގެ ނޯޓިސް ވެސް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.