Advertisement

ރޮޑްރީ ދެކޭގޮތުގައި ބެލޮންޑިއޯ ލިބެންޖެހޭނީ ސްޕެއިން ކުޅުންތެރިއަކަށް

31 އޮގަސްޓު 2024 - 13:29 0


ރޮޑްރީ ދެކޭގޮތުގައި ބެލޮންޑިއޯ ލިބެންޖެހޭނީ ސްޕެއިން ކުޅުންތެރިއަކަށް

31 އޮގަސްޓު 2024 - 13:29 0

ލަންޑަން (އޮގަސްޓް 31) - ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މި ފަހަރު ހައްގުވަނީ ސްޕެއިން ކުޅުންތެރިއަކަށް ކަމަށް ސްޕެއިނާއި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު، ރޮޑްރީގޯ (ރޮޑްރީ) ބުނެފި އެވެ.

ސްޕެއިނުން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މި ފަހަރު ހޯދިއިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ރޮޑްރީ އެެވެ. އިންގްލެންޑް އަތުން ސްޕެއިން 2-1 އިން މޮޅުވި، ފައިނަލް މެޗުގެ ދެ ވަނަ ހާފުގައި އަނިޔާގެ ސަބަބުން ރޮޑްރީ އަށް ނުކުޅެވުނަސް، މުޅި މުބާރާތަށް ބަލާއިރު ރޮޑްރީ ވަނީ ތަފާތު ކުޅުމެއް ދައްކައިފަ އެވެ. ސިޓީ އަށް ކުޅެމުންދާ ރޮޑްރީ އަށް ތައުރީފްކުރަމުން ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނީ ރޮޑްރީ އަށް މި އަހަރުގެ ބެލޮންޑިއޯ ހައްގުވާ ކަމަށެވެ.

މި ފަހަރުގެ ބެލޮންޑިއޯގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ރޮޑްރީ ބުނީ، އޭނާ އަށް އެ އެވޯޑް ނުލިބުނަސް ސްޕެއިން ކުޅުންތެރިއަކަށް ލިބޭނަމަ އެއީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

"ސްޕެނިޝް ފުޓްބޯޅަ އަށް މި ފަހަރުގެ ބެލޮންޑިއޯ ހައްގުވަނީ. އަހަރެން ދެކޭ ގޮތުގައި މި އެވޯޑް މި ފަހަރު ހައްގުވަނީ ސްޕެއިން ކުޅުންތެރިއަކަށް. އަހަންނަށް ހެޔޮ ކޮންމެ ކުޅުންތެރިއަކަށް ވިޔަސް. އަހަންނަށް އަޑުއިވޭ ޑެނީ ކާވަހާލް އަށް ވެސް ހައްގު ވާ ވާހަކަ،" ރޮޑްރީ ބުންޏެވެ.

"އިންޑިވިޖުއަލް ވިސްނުމަކުން ބަލާނަމަ، އަހަންނަށް މި ލިބޭ އެވޯޑްތަކާ މެދު ވަރަށް ހިތްހަމަޖެހޭ."

މިދިޔަ އަހަރުން ފެށިގެން، ކްލަބް ލެވަލާއި ގައުމީ ޓީމަށް ރޮޑްރީ، ފުރަތަމަ އެގާރައިިގައި ހިމެނިގެން ކުޅުނު މެޗުތަކުން އެ ޓީމު ބަލިވެފައިވަނީ، ހަތަރު މެޗުންނެވެ.

ބެލޮންޑިއޯ އެވޯޑް ހަފްލާ އޮތީ އޮކްޓޫބަރު 28 ގަ އެވެ. އެ އެވޯޑް ލިބެން ހައްގުވާ ކުޅުންތެރިންގެ ވާހަކަ މީޑިއާގައި ދެކެވޭއިރު، ރެއާލް މެޑްރިޑަށް ކުޅޭ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ އަކީ ވެސް ފޭވަރިޓެކެވެ.