Advertisement

ބީޑަބްލިއުއެފަށް ގޮންޖަހަން ނޫޅެން، ބީއޭއެމް އިން ވަނީ އޮޅުވާލައިފައި: ތޮލާލް

30 އޮގަސްޓު 2024 - 22:25 6

އައްޒާމް އަލިފުޅު

އ

Advertisement


ބީޑަބްލިއުއެފަށް ގޮންޖަހަން ނޫޅެން، ބީއޭއެމް އިން ވަނީ އޮޅުވާލައިފައި: ތޮލާލް

30 އޮގަސްޓު 2024 - 22:25 6

Advertisement

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަށް ގޮންޖަހައި އެއްވެސް ކަމެއް ކުރަން ވިސްނާފައި ނުވާނެ ކަމަށާއި ހަގީގަތުގައި، ރާއްޖޭގެ ބެޑްމިންޓަންގެ ކަންކަން ރަނގަޅު ނުކުރެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އެކި ފަރާތްތަކަށް މައުލޫމާތު ދިނުމުގައި ކަންކަން އޮޅުވާލާތީ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ތޮލާލް ވަނީ، ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން، ސްޕޯޓްސް ކައުންސިލްގެ ދަށަށް ގެންނަން ނިންމައިފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މި ކަމުގެ މައުލޫމާތު، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އަށް ދިނުމުން، އެ ޖަމިއްޔާ އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް، މި މަހު 20 ވަނަ ދުވަހު، ފޮނުވާފައިވާ ލިޔުމެއްގައި ވަނީ، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމާ އެއްގޮތަށް ބެޑްމިންޓަން ހިންގުން، ސްޕޯޓްސް ކައުންސިލް ދަށަށް ގެންގޮސްފިނަމަ، ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

Advertisement

"އަދަދު ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ތޮލާލް ވިދާޅުވީ، ބީޑަބްލިއުއެފް އިން ފޮނުވި އެ ސިޓީ އަކީ އިންޒާރެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އަދި ހަގީގަތުގައި އެއީ ބެޑްމިންޓަން އެސޯސިއޭޝަނުގައި މި ހުރި މައްސަލަތައް ހައްލުކުރަން ކޮށުނު އުންމީދީ މަގެއް ކަމަށް ތޮލާލް ދެކިލައްވަ އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މި ކަންކަން ކުރަނީ، ބީޑަބްލިއުއެފަށް ގޮންޖަހާފައި ކަމެއް ކުރާކަށެއް ނޫން. އަސްލު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މީގެ ބެޑްމިންޓަން ކުޅޭ އެންމެންގެ ހައްގު ހިމާޔަތްކުރެވޭނެ ހައްލެއް ހޯދަން، އެހެން ނަމަވެސް، އެކަން ކުރަން މި ވަގުތު އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައި އޮތީ، ބެޑްމިންޓަން އެސޯސިއޭޝަނުން މި ކަންކަން ހިނގާ ގޮތުގެ ސައްހަ މައުލޫމާތު ނުދީ އޮޅުވާލާތީ،" ތޮލާލް ވިދާޅުވި އެވެ.

ބީޑަބްލިއުއެފް އިން ފޮނުވާފައިވާ ލިޔުމުގައި، އަންގާފައިވަނީ، މިހާރު އޮތް ބެޑްމިންޓަން އެސޯސިއޭޝަނުގެ އެންމެ ފަހުގެ އިންތިހާބީ ލީޑަޝިޕުން އެސޯސިއޭޝަން ހިންގުމުގެ މަސައްކަތް ކުރާއިރު، ބީޑަބްލިއުއެފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ބީއޭއެމްގެ ލީޑަޝިޕް އެކުލަވާލާ ތިން މެމްބަރުންގެ އެޑް ހޮކް ކޮމިޓީ އަކުން މި އަހަރުގެ ނިޔަލަށް މަސައްކަތްކޮށް، ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެ ގޮތަށް އިންތިހާބަކާ ހަމައަށް ދިއުމަށެވެ.

Advertisement

"ހަގީގަތުގައި އަޅުގަނޑުމެން ސަޖެސްޓްކުރަނީ (ލަފާދެނީ) ތިން މެމްބަރުންގެ ކޮމިޓީއެއްގެ ބަދަލުގައި، ފަސް މެމްބަރުންގެ ކޮމިޓީއެއް ހަދައިގެން ކުރިއަށްދާން. އެއީ އަޅުގަނޑުމެންނަށް ފެންނަ ގޮތް. އެކަމަކު، މީގެ ބީޑަބްލިއުއެފް އިން އެދެނީ ތިން މެމްބަރުންގެ ކޮމިޓީއަކުން ކުރިއަށް ގެންދަން ވެއްޖިއްޔާ، އެ ގޮތް ވެސް ރަނގަޅު، ހައްލެއް ހޯދުން ބޭނުމަކީ،" މި ސަރުކާރުންް މިނިސްޓަރު ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔަނުކޮށްފައިވާ ތޮލާލް ވިދާޅުވި އެވެ.

ބީޑަބްލިއުއެފްގެ މި އެންގުމާ އެއްގޮތަށް އަަމަލުކުރުމަށްޓަކައި، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މާދަމާ މެންދުރު ފަހަށް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވާ އެ މައްސަލަ އަކީ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ހަވާލުކުރަން ނިންމާފައިވާ ނިންމުމަށް އަމަލުކުރަން ފަސްކުރުމުގެ ވަގުތީ އަމުރަކަށެެވެ.

ތޮލާލް ވިދާޅުވީ، ކޯޓަށް މި މައްސަލަ ގެންދިއުމަކީ ހަގީގަތުގައި، ގޯސް މައުލޫމާތެއް ބެޑްމިންޓަން އެސޯސިއޭޝަނުން ބީޑަބްލިއުއެފަށް ދީގެން އުޅުމުން އައިސްފައިވާ ކަމެއް ކަމަށެވެ. ހަގީގަތުގައި ބީޑަބްލިއުއެފަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދީފައިވަނީ އެހެން މަގުސަދުތަކެއް އޮވެގެން ވަކި ކަންތައްތަކެއް ހާސިލްކުރަން ކަމަށް ބެލެވުމުގެ ޖާގައޮތް ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރު އޮތް ލީޑަޝިޕްގެ މުއްދަތު، މި އަހަރުގެ މާޗް މަހަށް ހަމަވެފައި އޮތްއިރު، މިދިިޔަ ތިން ދައުރުގެ ރައީސް، މޫސާ ނާޝިދު (މޫސަ) ވަނީ މިދިޔަ މަހު، މަގާމުން އިސްތިއުފާ ދީދަ އެވެ.

ތޮލާލް ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އޮތް ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުން، އެ ކޮމިޓީގެ މުއްދަތު އިތުރުކޮށްދޭން އެ އެސޯސިއޭޝަނުން ހުށަނާޅާ ކަމަށެވެ.

ބެޑްމިންޓަނާ ގުޅޭ ކަންކަން ރަނގަޅު މަގުން ކުރިއަށް ގެންދިއުމަށް ގަސްދުކޮށް، ބެޑްމިންޓަން އެސޯސިއޭޝަނަށް ތަކުރާރުކޮށް، އަސާސީ ގަވާއިދުގެ ކަންކަން ނިންމައި، އިންތިހާބެއް ބާއްވަން ދިން ހުރިހާ ފުރުސަތެއްގައި ވެސް، ކޮމިޝަނުން ދިން ލަފަޔަށް ބެޑްމިންޓަން އެސޯސިއޭޝަނުން ދިނީ "ބީރު ކަންތަފެއް" ކަމަށް ތޮލާލް ފާހަގަކުރެއްވި އެވެ.

"ނުވަ ވަރަކަށް މަސް މި ވަނީ، މި ކަމުގައި ދެ ފަރާތް ވާހަކަ ދެކެވިގެން ކަންކަން ކުރެވޭތޯ މި ބަލަނީ، އަދިވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މި ކަން ރަނގަޅުކުރަން ބޭނުންވާ ތަނެއް ނުފެނޭ. ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގެ މައްސަލަ މުޅި އެ ކުޅިވަރު ކޮމިއުނިޓީ އެ ފާހަގަކުރަނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ ވާހަކަ އާއި ކަންކަން އިންސާފުން ބޭރުން ކުރާ ވާހަކަ. މިއީ، ހަގީގަތުގައި ވާހަކަ ދައްކައިގެން ހައްލު އަންނަން ޖެހޭ ކަންކަން،" މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ނައިބު ރައީސަކަށް ވެސް މަސައްކަތް ކުރެއްވި ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ލީޑަޝިޕުން މީގެ ކުރިން ވެސް އުޅުނީ، ސްޕޯޓްސް ކޮމިޝަނުން ދިން ލަފަޔަށް ބެލުމެއް ނެތި އިންތިހާބު ބާއްވަން ކަމަށާއި ހަގީގަތުގައި އިންތިހާބު ނުބޭއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލައާ ގުޅިގެން އިންތިހާބު ނުބާއްވަން އެންގުމުން ކަމަށެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ، މީގެ އެއް ދުވަސް ކުރިން، އޭސީސީ އަށް ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މައްސަލަ އެއް ހުށަހަޅައިފަ އެވެ. އެ ގޮތުން، ރިވައިވަލް އިން ހުށަހެޅީ، ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދަށް ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕުން ލިބުނު ފައިސާ އަށާއި ގައުމީ ބެޑްމިންޓަން ޓީމުގެ ދެކުނު ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫންގެ މުސާރަ އަށް އެސޯސިއޭޝަނުން ހިޔާނާތްވެފައިވާތީ، އެ މައްސަލަތައް ބެލުމަށް އެދި އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


ޔައީޝް

7 months ago

ސްޕޯރޓްސް މިނިސްޓަރެއް އެބަހުރިތަ؟ އެހެންވިއްޔާ އޭނައަށްވެސް މިވާނުވާ އެނގެން ވެއްޖެއެއްނު.! ނޫނީ އަލުން ކްލިނިކަށް ވަޑައިގަތުން ރަނގަޅީ.

މޯޑް

7 months ago

އެމްއޯސީ އެންމެން ފިލީބާ. އެއްވެސް އެއްޗެއް ނުބުނާތީ ހަމަ އަހާލެވުނީ.

ލާމް

7 months ago

އެއްވެސް މީހަކު ޒިންމާ ނުކުރެވޭކަން ބެޑްމިންޓަނުގެ ކަންކަން މިދާގޮތުން ވަރަށް ސާފުކޮށް ފެންނަން މިއޮތީ. އެސޯސިއޭޝަނުގެ ވެރިން މިވަރަށް ފައިސާއަށް އިހުމާލުވަމުންދާއިރު އޮލިމްޕިކް ކޮމިޓީއަށް އެއްޗެއް ނުބުނެވުމަކީ ސުވާލުއުފެދޭ ކަމެއްނޫންބާ؟ އެމީހުން ލާރިދެނީ އެކަމަކު އެއަށް ހަދާގޮތެއް އެމީހުން ބަލާކަށްނުޖެހޭ. ކޮންކަހަލަ އުސޫލެއް.

ޝާމިލު

7 months ago

ބީއޭއެމްގެ އޮޅުވާލުންތަކާއި އިހުމާލުތައް މީޑިޔާގައި ލިޔެ ޖަހަމުންގެންދާތާ 8 ވަރަކަށް މަސްވެއްޖެ. ކަމާބެހޭ މުއައްސަސާތަކަށް ކީއްތޯ ކުރެވުނީ. ނިބާލްގެ މައްސަލައިގަ އެއްޗެއް އަހާލި އެއްވެސް ބަޔަކުނެތް. އޭނަގެ ކުލަބުން އެކުރާ ހިތްވަރަށް ސާބަސްދޭންޖެހޭ. އިސްތިޢުފާދިން ރައީސް އެކަންޏެއްނޫން މަކަރާ ޙީލަތުގަ ޖެހިގެންހުރީ. އެންމެފަހުން ޖަމާކުރި ޑޮލަރުކޮޅު މިހާރުގެ ވެރިމީހާވެސް ދަމައިގަނެގެން އެހުރީ. މީ މިރާއްޖޭގެ ތަބީޢީ ސިފައަކަށްވެއްޖެކަހަލަ.

ސާމިރު

7 months ago

އޮލިމްޕިކް ކޮމިޓީގެ ސަތަރު ކޮބާހޭ؟ އޭނައެކޭ ދަންވަރު ބުޅަލެކޭ އެއްގޮތެއްނު. 5 ކުދިންނަށް ސްކޮލަރޝިޕް ދިނުމަކުން ތިމާމެންގެ ޒިންމާ އަދާކުރެވުނީއެއްނޫން. ލާރިއަށް ހެދިގޮތެއް ބެލެންޖެހޭ.

ލާމް

7 months ago

އަދިކިރިޔާތަ ތޮލާލަށް ތިކަން އެނގުނީ. ކިހާދުވަހެއްތަ މިވާހަކަ ނޫސްތަކުން ލިޔާތާ. އެންމެންވެސް ތިބީ ކުޅިބަލަން. މީގަ އެންމެ ނުބައި ހަދާފަ މިއޮތީ އޮލިމްޕިކް ކޮމިޓީ.