Advertisement

ހުޅުމާލެ އިސްރަށްވެހިންގެ މަރުކަޒުގެ އިންޓީރިއާ ހެދުމުގެ ފުރުސަތު ވިލާ ކޮލެޖުގެ ދަރިވަރުންނަށް

30 އޮގަސްޓު 2024 - 05:56 0

ލީވާން އަލީ ނާސިރު

ލ

Advertisement

ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒުގައި ފަޒުލް ބައިވެރިވުން -- ފޮޓޯ: އެޗްޑީސީ


ހުޅުމާލެ އިސްރަށްވެހިންގެ މަރުކަޒުގެ އިންޓީރިއާ ހެދުމުގެ ފުރުސަތު ވިލާ ކޮލެޖުގެ ދަރިވަރުންނަށް

30 އޮގަސްޓު 2024 - 05:56 0

Advertisement

Advertisement

ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރާ އިސްރަށްވެހިންގެ މަރުކަޒުގެ އިންޓީރިއާ ހެދުމުގެ ފުރުސަތު ވިލާ ކޮލެޖުގެ ދަރިވަރުންނަށް ލިބިއްޖެ އެވެ.

ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒު ޝަރަފުވެރިކޮށްދެއްވައި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެ މަޝްރޫއުގައި ވިލާ ކޮލެޖުގެ ދަރިވަރުންނަށް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އިންޓީރިއާ އާކިޓެކްޗާއާ ހިސާބަށް ދިޔުމުން ދޭނެ ކަމަށެވެ.

Advertisement

"މިއީ އެޗްޑީސީގެ ސީއެސްއާރްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް. މިކަން އެޗްޑީސީގެ ފަރާތުން ތިޔަކުދިންނަށް ހަދިޔާކުރަން،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ މީގެ ސަބަބުން ގިނަ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ އަމަލީ ތަޖުރިބާ ލިބިގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގައި އިންޓީރިއާ އާކިޓެކްޗާ ކުރިއެރުވުމާއި، އެ ކެރިއަ މަގު އިހްތިޔާރުކުރާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންޓީރިއާ ޑިޒައިންނަކީ އެ ތަނެއްގަ ދިރިއުޅޭ އާއިލާއަކަށް ވަރަށް މުހިއްމު ތަނެއް. އާއިލާއަކަށް ތަނަވަސްކަން އަދި ހިތްހަމަ ޖެހުން އަދި އަޅުގަނޑުމެންނަށް މި ލިބިފަހުރި ވަސީލަތްތަކުގެ ތެރެއިން މިކަން ފުރިހަމަ ކޮށްދޭން ތިބީ ތިކުދިން،" ފަޒުލް ވިދާޅުވި އެވެ.

Advertisement

ވިލާ ކޮލެޖުން އިންތިޒާމުކުރި އިންޓީރިއާ ޑިޒައިން މައުރަޒުގައި އެ ކޮލެޖްގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއިން ހިންގާ އިންޓީރިއާ އާކިޓެކްޗާ ޑިގްރީ ޕްރޮގްރާމުގެ ދަރިވަރުންގެ 30 ޕްރޮޖެކްޓެއް ދައްކާލާފައިވެ އެވެ.

މައުރަޒުގައި ދެއްކި 30 ޕްރޮޖެކްޓުގެ ތެރޭގައި ކޯހުގެ ފުރަތަމަ އަހަރުގެ ދަރިވަރުންނާއި ކޯހުގެ ދެވަނަ އަހަރު ކިޔަވަމުންދާ ދަރިވަރުންނާއި ފަހު އަހަރުގެ ދަރިވަރުންގެ މަސައްކަތް ހިމެނެ އެވެ.