Advertisement

ރިސޯޓު ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓުގައި ޅާނބުގަލި ހިމަނައިފި

29 އޮގަސްޓު 2024 - 12:53 0

އަމަން ހަލީމް

އަމަން ހަލީމް

ރ. ޅާނބުގަލި: މި ރަށުގެ އެކުއިޒިޝަން ކޮސްޓަކީ 1.6 މިލިއަން ޑޮލަރު -- ފޮޓޯ: ގޫގުލް އާތު


ރިސޯޓު ހަދަން ދޫކުރާ ރަށްތަކުގެ ލިސްޓުގައި ޅާނބުގަލި ހިމަނައިފި

29 އޮގަސްޓު 2024 - 12:53 0

ރިސޯޓު ހަދަން ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ލިސްޓުގައި ޓޫރިޒަމް މިނިސްޓްރީން ރ. ޅާނބުގަލި ހިމަނައިފި އެވެ.

ޓޫރިޒަމުން ކުރިން ކުރި އިއުލާނަށް ބަދަލު ގެނެސް އިއްޔެ ގެޒެޓު ކޮށްފައިވާ އިއުލާނުގައި، 2.2 ހެކްޓަރުގެ މި ރަށް ކުއްޔަށް ދޫކުރަން ކަނޑައަޅާފައިވާ އެކުއިޒިޝަން ކޮސްޓަކީ 1.6 މިލިއަން ޑޮލަރެވެ.

މިއީ ޓޫރިޒަމް އިންވެސްޓަރުންގެ ޑިމާންޑު ބޮޑު ރ. އަތޮޅުން ދޫކުރަން ހުޅުވާލި ދެވަނަ ރަށެވެ. ދެން އެ ލިސްޓުގައި އޮތް ރަށަކީ ރ. ދިއްކުރެއްދޫ އެވެ. އެ ރަށަށް އަދި އިންވެސްޓަރަކު ނުލިބެ އެވެ.

ކުއްޔަށް ދޫކުރާ ރަށްތަކާއި ފަޅުތަކުގެ ލިސްޓުގައި މިހާރު ހިމެނޭ ރަށްތަކާއި ފަޅުތަކަކީ:

  • ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރު) - 1.8 މިލިއަން ޑޮލަރަށް
  • ށ. ކުޑަޅައިމެންދޫ (13.11 ހެކްޓަރު) - 1.96 މިލިއަން ޑޮލަރަށް
  • ރ. ދިއްކުރެއްދޫ (4.83 ހެކްޓަރު) - 2.62 މިލިއަން ޑޮލަރަށް
  • ޅ. ދިއްފުށި އަދި ޅ. މައިދޫ (20.99+15.17 ހެކްޓަރު) - 18.58 މިލިއަން ޑޮލަރަށް
  • ކ. ހިއްމިއްޔާ ފަޅު (712 ހެކްޓަރު) - 23.51 މިލިއަން ޑޮލަރަށް
  • ކ. އަތޮޅު ފަޅެއް (46 ހެކްޓަރު) - 10.99 މިލިއަން ޑޮލަރަށް
  • އއ. އަލިކޮއިރަށް (1.47 ހެކްޓަރު - 1.29 މިލިއަން ޑޮލަރަށް
  • ތ. ގާލީ ފަޅު އެތަނުގައި އޮތް ރަށާއެކު (7.16 ހެކްޓަރު) - 2.04 މިލިއަން ޑޮލަރު
  • ތ. ރުއްތިބިރަށް (8.41 ހެކްޓަރު) - 2.35 މިލިއަން ޑޮލަރު
  • ތ. ކަނިމީދޫ (10 ހެކްޓަރު) - 2.75 މިލިއަން ޑޮލަރު
  • ލ. ކާށިދޫ (3.11 ހެކްޓަރު) - 466،500 ޑޮލަރު
  • ލ. ބޮޑުމުންޏަފުށި (3.14 ހެކްޓަރު) - 471،000 ޑޮލަރު
  • ގއ. ބޭރުމައުޑޫ (3.08 ހެކްޓަރު) - 385،000 ޑޮލަރު
  • ގދ. ކަޅުހުއްޓާ (7.61 ހެކްޓަރު) - 951،250 ޑޮލަރު

ރިސޯޓު ހަދަން ދޫކުރަން އިއުލާންކުރި ރަށްތަކާއި ފަޅުތަކުގެ ތެރެއިން މިހާތަނަށް ތިން ތަނެއް ދޫކޮށްފައިވާތީ ޓޫރިޒަމުގެ އިއުލާނުން ވަނީ އެ ރަށްތައް އުނިކޮށްފަ އެވެ. އެއީ ޅ. ވިހަފަރުފިނޮޅާއި ވ. ބޮޑުފިނޮޅު ފަޅާއި ލ. ހަންހުއްޓެެވެ.