Advertisement

ރޮނާލްޑޯ ބުނީ ޔޫރޯގައި ޕޯޗުގަލް ފެނުނީ އެވަރެޖުކޮށް ކަމަށް

29 އޮގަސްޓު 2024 - 18:36 0


ރޮނާލްޑޯ ބުނީ ޔޫރޯގައި ޕޯޗުގަލް ފެނުނީ އެވަރެޖުކޮށް ކަމަށް

29 އޮގަސްޓު 2024 - 18:36 0

ރިޔާދު، ސައުދި އަރަބިއްޔާ (އޮގަސްޓް 28) - މި އަހަރު ޖަރުމަނުގައި ކުރިއަށްދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޕޯޗުގަލް ޓީމުގެ ފަރާތުން ފެނިގެންދިޔައީ އެވަރެޖް ކުޅުމެއް ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ރޮނާލްޑޯ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލްގައި ގެނަސްދިން ޕޮޑް ކާސްޓުގައި ބުނީ, ޔޫރޯގައި މުޅި ޕޯޗުގަލް ޓީމުގެ ފަރާތުން އެ މީހުން އަސްލު ކުޅެން ބޭނުންވި ވަރަށް ނުކުޅެވުނު ކަމަށެވެ. އަދި މުބާރާތުން ފްރާންސް އަތުން ޕެނަލްޓީގައި ބަލިވިނަމަވެސް އެ މެޗުގައި ޕޯޗުގަލްގެ ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ރޮނާލްޑޯ ބުންޏެވެ.

"އަހަރެމެން ފްރާންސް އަތުން ކުއާޓާގައި ބަލިވީ ޕެނަލްޓީގައި. މިއީ ފުޓުބޯޅަ. ފުޓުބޯޅައިގައި މިކަހަލަ ކަންތައް ވާނެ. އެކަން ގަބޫލުކުރަން ޖެހޭ. އެކަމަކު އަހަރެން އަށް ހީވަނީ އެއީ ޕޯޗުގަލުން ރަނގަޅަށް ކުޅުން މެޗެއް ހެން. މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާ ވެސް އުފެއްދީ ޕޯޗުގަލުން" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ މި ފަހަރުގެ މުބާރާތުގައި ޕޯޗުގަލް ޓީމުގެ ފަރާތުން ފެނިގެންދިޔައީ އެންމެ މޮޅު ކުޅުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި މި ފަހަރުގެ މުބާރާތުގައި ޕޯޗުގަލް ފަރާތުން ފެނިގެންދިޔައީ އެވަރެޖް ކުޅުމެއް ކަމަށާއި މި އަށްވުރެ ރަނގަޅަށް ކުޅެވޭނެ ފެންވަރު ޕޯޗުގަލްގެ އެބަހުރި ކަމަށް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ މިފަހަރުގެ މުބާރާތުގައި އޭނާ އަށް އާންމުންގެ ގިނަ ފާޑުކިޔުންތައް އަމާޒުވި ކަމަށާއި, އެކަމަކު އެކަންކަމާ އޭނާ ނުބަލާ ކަމަށެވެ. އަދި މިހާތަނަށް އޭނާގެ ފުޓުބޯޅަ ކެރިޔަރުގައި ހޭދަކުރި ކޮންމެ ދުވަހަކީވެސް އަމިއްލަ ނަފުސަށް ޕްރެޝަރުކޮށް އެ ޕްރެޝަރުގައި ހޭދަކުރި ދުވަސްތަކެއް ކަމަށެވެ.

"އަހަރެން ފުޓުބޯޅަ ކުޅެނީ ފޭނުންނަށް. އަހަރެންގެ ފޭނުން އަހަރެން ދެކެ ލޯބިވޭ. އާންމުންގެ ފާޑުކިޔުމަށް އަހަރެންގެ މާބޮޑު ޝައުގުވެރިކަމެއް ނެތް" ރޮނާލްޑޯ ބުންޏެވެ.