Advertisement

ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒެއް ބާއްވައިފި

29 އޮގަސްޓު 2024 - 07:44 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލާ ކޮލެޖުން ބޭއްވި ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު


ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒެއް ބާއްވައިފި

29 އޮގަސްޓު 2024 - 07:44 0

ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒް އިއްޔެ ބާއްވައިފި އެވެ.

އެ މައުރަޒުގައި ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއިން ހިންގާ އިންޓީރިއާ އާކިޓެކްޗާ ޑިގްރީ ޕްރޮގްރާމުގެ ދަރިވަރުންގެ 30 ޕްރޮޖެކްޓެއް ވަނީ ދައްކާލައިފަ އެވެ.

މައުރަޒުގައި ދެއްކި 30 ޕްރޮޖެކްޓުގެ ތެރޭގައި ކޯހުގެ ފުރަތަމަ އަހަރުގެ ދަރިވަރުންނާއި ކޯހުގެ ދެވަނަ އަހަރު ކިޔަވަމުންދާ ދަރިވަރުންނާއި ފަހު އަހަރުގެ ދަރިވަރުންގެ މަސައްކަތް ހިމެނެ އެވެ.

ވަނަތައް ހޯދި ދަރިވަރުން

  • ސެމިސްޓާ 2 ގެ ބެސްޓް ޕްރޮޖެކްޓް އެވޯޑް - އިންތިއާޝް ސާލިހުގެ "ކިއުރިއޯސިޓީ"
  • ސެމިސްޓާ 4 ގެ ބެސްޓް ޕްރޮޖެކްޓް އެވޯޑް - އާއިޝަތު ސަމްހާ ރިޔާޒްގެ "އަ ބެލެންސްޑް ހާމޮނީ"
  • ސެމިސްޓާ 5 ގެ ބެސްޓް ޕްރޮޖެކްޓް އެވޯޑް - ދީނާ އަހްމަދު ޝަރީފްގެ "އޮއެސިސް/ކްލައުޑް 9" އަދި އާއިޝަތު ޔާނިއާ ހަލީލްގެ "ރިޕްލްސް އޮފް ނޮސްޓަލްޖިއާ"
  • ސެމެސްޓާ 6 ގެ ފައިނަލް ސެމެސްޓާގެ ބެސްޓް ޕްރޮޖެކްޓް އެވޯޑް - މަރިޔަމް ޖާއިޝަތު ސަލީމްގެ "އޮނު އެލްޑާލީ ލިވިން ސެންޓަ"

ވިލާ ކޮލެޖުން ބޭއްވި ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒުގެ ތެރެއިން -- ފޮޓޯ: ވިލާ ކޮލެޖު


މި ހަފްލާގެ ޝަރަފުވެރި މެހެމާން އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދް ވިދާޅުވީ ވިލާ ކޮލެޖުން އިންޓީރިއާ އާކިޓެކްޗާ ދާއިރާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމްގެ ސަބަބުން ގިނަ ދަރިވަރުންނަށް މަސައްކަތްތެރިކަމުގެ އަމަލީ ތަޖުރިބާ ލިބިގެން ދާނެ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި އިންޓީރިއާ އާކިޓެކްޗާ ކުރިއެރުވުމާއި، އެ ކެރިއަ މަގު އިހްތިޔާރުކުރާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންޓީރިއާ ޑިޒައިންނަކީ އެ ތަނެއްގަ ދިރިއުޅޭ އާއިލާއަކަށް ވަރަށް މުހިއްމު ތަނެއް. އާއިލާއަކަށް ތަނަވަސްކަން އަދި ހިތްހަމަ ޖެހުން އަދި އަޅުގަނޑުމެންނަށް މި ލިބިފަހުރި ވަސީލަތްތަކުގެ ތެރެއިން މިކަން ފުރިހަމަ ކޮށްދޭން ތިބީ ތިކުދިން،" ފަޒުލް ވިދާޅުވި އެވެ.

އިންޓީރިއާ އާކިޓެކްޗާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ ވިލާ ކޮލެޖުން މި މައުރަޒުގައި ބައިވެރިވި ދަރިވަރުން ފަހުރުވެރިވާން ޖެހޭނެކަން ފާހަގަކޮށްލައި މަރުހަބާ ދަންނަވާފަ އެވެ.