Advertisement

ޑޮލަރުން ޓެކްސް ނެގުމާ ދެކޮޅެއް ނޫން، ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ތާއީދުކުރަން: މަޓާޓޯ

28 އޮގަސްޓު 2024 - 11:31 0

މޫސާ ނާޝިއު

މޫސާ ނާޝިއު

މަޓާޓޯގެ މެންބަރުންތަކެއް، މަޓާޓޯއަކީ ޓޫރިޒަމްގެ ވިޔަފާރިތަކުގެ ޖަމިއްޔާއެއް. ފޮޓޯ: މަޓާޓޯ


ޑޮލަރުން ޓެކްސް ނެގުމާ ދެކޮޅެއް ނޫން، ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ތާއީދުކުރަން: މަޓާޓޯ

28 އޮގަސްޓު 2024 - 11:31 0

ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ފީތައް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ގާނޫނު ބަދަލުކުރުން ހިމެނޭ ގޮތުން ސަރުކާރުގެ މާލީ އިސްލާހުތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެލެވް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އިން ތާއީދުކޮށްފި އެވެ.

މަޓާޓޯ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، އެހެން ނަމަވެސް އެއީ ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ކަންކަމާއި އެއްގޮތަށް ކުރެވޭ ކަމެއްތޯ އެ ޖަމިއްޔާއިން ބަލާނެ ކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާގެ އަމަލީ ކަންކަމާއި އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ކަމެއްތޯ ބެލުން ކަމުގައި ވީއިރު، ޑޮލަރުން ލިބޭ އާމްދަނީއިން ޑޮލަރުން ޓެކްސް ނެގުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށާއި އިގުތިސާދަށް ކުރިއެރުމެއް އަންނާނެ ބަދަލެއް ކަމަށް ގަބޫލުކުރެވޭ," ބަޔާނުގައި މަޓާޓޯއިން ބުންޏެވެ.

ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އިސްލާހުގެނައުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި އެ ސިޔާސަތުތައް ތަންފީޒުކުރަން ފުރިހަމަަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ. ރާއްޖޭގެ އިގުތިސާދަށް ފައިދާކުރާނެ ގޮތަށް ޖީއެސްޓީ ނެގުމަށް އަބަދުވެސް ތާއިދުކުރާނެ ކަމަށް ވެސް ބަޔާނުގައި މަޓާޓޯއިން ބުންޏެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކޮށް އެޖަމިއްޔާއިން ބުނީ ގައުމާ އަދި ފަތުރުވެރިކަން ކުރިއެރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ސަރުކާރުން ހަރަދު ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކުރުމާއި، އިންތިހާބުތަކުގެ ދޭތެެރެ ދުރުކުރަން ވެސް މަސައްކަތްކުރަމުން ދެ އެވެ.