Advertisement

ވިޔަފާރިތަކަށް ލިބޭ ޑޮލަރު ބޭންކުން މާރުކުރަން މަޖުބޫރުކުރާނަން: ރައީސް މުއިއްޒު

26 އޮގަސްޓު 2024 - 23:29 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ޕީއެންސީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ


ވިޔަފާރިތަކަށް ލިބޭ ޑޮލަރު ބޭންކުން މާރުކުރަން މަޖުބޫރުކުރާނަން: ރައީސް މުއިއްޒު

26 އޮގަސްޓު 2024 - 23:29 2

ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ޑޮލަރުން ލިބޭ ފައިސާ ކަޅު ބާޒާރުގައި ވިއްކުން މަނާކޮށް ބޭންކުން މާރު ކުރަން މަޖުބޫރު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތައް ރާއްޖޭގައި ހިންގާ ކަމަށާއި ބޭރު ފައިސާ މާރު ކުރުމުގެ ގަވާއިދަށް ގެންނަން ސަރުކާރުން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން އެ ފައިސާ ކަޅު ބާޒާރުގައި މާރުކުރުން ނިމުމަކަށް އަންނާނެ ކަމަށެވެ.

"މަނީ ޗެންޖާސް ރެގިއުލޭޝަންއަށް ގެނެވޭ ބަދަލުގެ ސަބަބުން އެ ފައިސާ ބްލެކް މާކެޓްގައި މި މާރު ކުރާ މާރުކުރުން ނިމުމަކަށް އައިސް، ބޭންކަށް މާރުކުރުން މަޖުބޫރުވާނެ. ވަރަށް ގިނަ މީހުން ރުޅިއައިސް ދާނެ އަޅުގަނޑުމެން ދެކެ. އެކަމަކު އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރުގެ ޑޮލަރުގެ ރިޒާވް އިތުރު ކުރަން ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުންނެވެ.

ކެބިނެޓު ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް އާއި، އިމްޕޯޓު ޓެކްސް ޑޮލަރުން ދައްކާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނާނެ ކަމަށާއި އަދި ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ވެސް ޑޮލަރުން ދައްކަން ޖެހޭ ގޮތަށް ޕެންޝަން ގާނޫނަށް ބަދަލު ގެންނާނެ ކަމަށެވެ.

އަދި، ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ކޯޕަރޭޓް އިންކަމް ޓެކްސް ފަދަ ޕޭމަންޓުތައް ހަދާއިރު، އެ ފައިސާ ޑޮލަރުން ދައްކަންޖެހޭ ގޮތަށް ގާނޫނަށް އަދި ގަވާއިދުތަކަށް އިސްލާހު ގެންނަވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ.