Advertisement

ބޭންކުތަކުން އެކަނި ޑޮލަރު މާރުކުރެވޭ ގޮތަށް ހަދަން ކުރީގެ އިގުތިސޯދީ ވަޒީރު ގޮވާލައްވައިފި

26 އޮގަސްޓު 2024 - 13:03 1

އަމަން ހަލީމް

އަމަން ހަލީމް

ކުރީގެ އިގުތިސޯދީ ވަޒީރު އަހުމަދު މުހައްމަދު: ޑޮލަރާ ގުޅޭ މުއާމަލާތްތައް މިހާރަށް ވުރެ ހަރުކަށި ކުރަން އޭނާ ގޮވާލެއްވި -- ފޮޓޯ: ސޯޝަލް މީޑިއާ


ބޭންކުތަކުން އެކަނި ޑޮލަރު މާރުކުރެވޭ ގޮތަށް ހަދަން ކުރީގެ އިގުތިސޯދީ ވަޒީރު ގޮވާލައްވައިފި

26 އޮގަސްޓު 2024 - 13:03 1

ޑޮލަރު ތާށިކަމުގެ މައްސަލަ ހައްލުކުރަން ބޭންކުތަކުން އެކަނި ޑޮލަރު މާރުކުރެވޭ ގޮތަށް ބަދަލުކުރަން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ގޮވާލައްވައިފި އެވެ.

އަހުމަދު މުހައްމަދު މި ބަދަލު ގެންނަން ގޮވާލެއްވީ ރާއްޖެއަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރަން އޭނާ ހުށަހަޅުއްވާ ތިން ކަމެއް ފާހަގަކުރައްވަމުންނެވެ.

ބޭންކުތަކުން އެކަނި ޑޮލަރު މާރުކުރެވޭ ގޮތް ހެދުމުގެ އިތުރުން އޭނާ ހުށަހެޅުއްވީ އެތެރޭގެ ހުރިހާ ވިޔަފާރީގެ މުއާމަލާތެއް ދިވެހި ފައިސާއިން ހިންގަން މަޖުބޫރުކުރުމާއި ހުއްދަ ނެތި ކުރާ ޓްރާންސެކްޝަަންތައް ހުއްޓުވަން މިހާރަށް ވުރެ ހަރުކަށިކޮށް ކަންކަން ތަންފީޒުކުރުމަށެވެ.

މިހާރު އުސޫލުތައް އޮންނަ ގޮތުން މަނީ އެކްސްޗޭންޖް ލައިސަންސެއް އޮންނަ ކޮންމެ ވިޔަފާރިއަކަށް ޑޮލަރު މާރުކުރެވެ އެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 221 ވިޔަފާރިއަކަށް މަނީ އެކްސްޗޭންޖު ލައިސެންސް ދޫކޮށްފައިވެ އެވެ. މި ލައިސެންސް އޮންނަ ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ ބިޔަ ވިޔަފާރި ކުންފުނިތަކާއި ހުރިހާ ރިސޯޓުުތަކެއް ހިމެނެ އެވެ.

މި ހުއްދަ ނޯންނަ އެއްވެސް ވިޔަފާރިއަކަށް ޑޮލަރުން މުއާމަލާތް ކުރުން މަނާ ނަމަވެސް މި ހުއްދަ ނޯންނަ ވިޔަފާރިތަކުން ވެސް ޑޮލަރުން މުއާމަލާތް ކުރާ މައްސަލަ ބޮޑެވެ. މިކަން ހުއްޓުވަން އެމްއެމްއޭއިން ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް ތަންފީޒެއް ނުކުރެ އެވެ.