Advertisement

ލިބޭނެ ކަމަށް އަންދާޒާކުރެވޭ 16 ބިލިޔަން ރުފިޔާއަށް ބަރޯސާކުރީމާ ވާނީ މިގޮތް، ރާއްޖެ މިދަނީ ފެއިލްވާން: އަމީރު

25 އޮގަސްޓު 2024 - 13:16 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ކުރީގެ ރައީސް އިބްރާހީމް އަމީރު އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ލިބޭނެ ކަމަށް އަންދާޒާކުރެވޭ 16 ބިލިޔަން ރުފިޔާއަށް ބަރޯސާކުރީމާ ވާނީ މިގޮތް، ރާއްޖެ މިދަނީ ފެއިލްވާން: އަމީރު

25 އޮގަސްޓު 2024 - 13:16 1

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކުގެ އަސްލަކީ ލިބޭނެ ކަމަށް ލަފާ ކުރާ ފައިސާއަށް ބަރޯސާކޮށްގެން ކަންތައްތައް ކުރަން އުޅުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުން އެކަންކަން ބަލާނެ ކަމަށެވެ. އެކަން އެހެން އޮއްވައި ރާއްޖެއަށް މާލީ އެހީތެރިކަން ދޭނީ ކޮން ބައެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

"އެއްވެސް ވަރަކަށް ރިފޯމެއް ނުގެނެސް، ސިޔާސީ ގޮތުން ހިތުހުރި ވަރަކަށް މުވައްޒަފުން ނަގައި، ހިތުހުރި މިންވަރަކަށް އެ ބޭފުޅުންނަށް މުސާރަދީ، ކުންފުނިތަކަށް، ކުރިން ގޯހޭ ކިޔާފައި އައިސްފައި އެއަށް ވުރެ އިތުރަށް މީހުން ނަގައި، އެބަ ފެނޭ އެ ހުރިހާ ކަންތައްތަކެއް، ބޭރުގެ ފަރާތްތައް ރަނގަޅަށް ހަމަ ބަލަމުން މިދަނީ،" އަމީރު ވިދާޅުވި އެވެ.

އެކަން އެހެން އޮތް އިރު ފައިސާ ހޯދަން ބޭރުގެ ފަރާތްތަކާ އެކު ކުރާ މަޝްވަރާތަކުގައި ދޭ ޖަވާބަށް ބިނާކޮށް ވެސް ސަރުކާރުން ކަންތައްތައް ކުރާ ކަމަށް އަމީރު ތުހުމަތުކުރެއްވި އެވެ. އެގޮތަށް ދޭ ޑިޕްލޮމެޓިކް ޖަވާބުތައް މި ސަރުކާރަށް "އަންޑަސްޓޭންޑް ވެސް ނުވާ" ކަމަށް އޭނާ ވިދާޅުވި އެ

"އެގޮތަކަށް ދައުލަތުގެ މާލީ ސިޔާސަތެއް، މާލީ ކަންކަމެއް ބައްޓަމެއް ނުކުރެވޭނެ، އޭގެ އިތުރުން ލިބޭނެ ކަމަށް އަންދާޒާކުރާ 16 ބިލިޔަން ރުފިޔާއަކަށް އަޅުގަނޑުމެންގެ މި ގައުމުުގެ ކަންކަން އެއްކޮށް، ބަރޯސާވާން ދޫކޮށްލީމާ ވާނީ މިގޮތް،" އަމީރު ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ކަންތަައްތައް ދަނީ ރަނގަޅަށް ނޫން ކަން ސަރުކާރަށް މިހާރު ރޭކާލާން ފައިފި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަމީރު ވަނީ ސަރުކާރުން ބީއެމްއެލްއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފިޗާއި މޫޑީސް ފަދަ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން އެފަދަ ކަންކަމަށް ބެލުމަށްފަހު ރާއްޖޭގެ ކްރެޑިޓް ރޭންކިން ކުރިއަށް އޮތް ތަނުގައި ދަށް ކުރުން ގާތް ކަމަށެވެ.

އަމީރު އެހެން ވިދާޅުވެފައިވާއިރު، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ، އައިޝަތު ނޫރައްދީން އެ ކުންފުނީގެ ބޯޑު މެންބަރުކަމުން ވަކިކުރި ކަމަށް ބުނެ ޕީސީބީން އިއްޔެ ވަނީ އޭނާއަށް ސިޓީއެއް ފޮނުވައިފަ އެވެ. ވަކިކުރި ކަމަށް ބުނެ އައިޝަތު ނޫރައްދީނަށް ޕީސީބީން ސިޓީ ފޮނުވި ނަމަވެސް އެގޮތަށް ބޯޑު މެންބަރުން ވަކި ކުރާކަށް އެ ބޭންކުގެ ހިންގާ ގަވާއިދު ތަނެއް ނުދެ އެވެ.

ދިވެހި ރުފިޔާ އެކައުންޓުން ޑޮލަރު މުއާމަލާތްތައް ނުކުރެވޭ ގޮތަށް ބީއެމްއެލްގެ ބޯޑުން ފާސްކުރީ އެއަށްފަހު އެވެ.