Advertisement

ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ސައީދު ބެހެއްޓުމާ މެދު ގޮތެއް ނިންމަނީ

25 އޮގަސްޓު 2024 - 12:34 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ވޮލީބޯލް އެސޯސިއޭޝަންގެ އިވެންޓެއްގެ ތެރެއިން ސައީދު ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު


ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ސައީދު ބެހެއްޓުމާ މެދު ގޮތެއް ނިންމަނީ

25 އޮގަސްޓު 2024 - 12:34 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި، ދާދި ފަހުން، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖެއްސި މުހައްމަދު ސައީދު ބެހެއްޓުމާ މެދު ގޮތެއް ނިންމަން ހިންގާ ކޮމިޓީއާ މަޝްވަރާކުރާނެ ކަމަށް ވީއޭއެމުން ބުނެފި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް ސައީދު ހަމަޖެއްސީ، އެ މަގާމުގައި ހުރި ޒީނާ ޒާހިރު އިސްތިއުފާ ދިނުމުންނެެވެ.

ސަރުކާރުގެ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، އެ ތަންތަން ބަލަހައްޓާ އިދާރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ސައީދު، ޕީއެސްއެމް މަގާމަށް ހަމަޖެއްސީ މިއަދު އެވެ.

ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް، "އަދަދު ސްޕޯޓްސް" އަށް ވިދާޅުވީ، ސައީދު މަގާމުގައި ކުރިއަށްދިއުމަށް ފުުރުސަތު ދިނުމާ މެދު ގޮތެއް ނިންމާނީ ހިންގާ ކޮމިޓީން ކަމަށެވެ.

"މިއަދު ދެން، ސައީދު، ޕީއެސްއެމްގެ ފުރަތަމަ ދުވަސް ދެއްތޯ. ދެން، އަޅުގަނޑުމެން ސައީދުގެ ޖީއެސް މަގާމާ މެދު ގޮތެއް ނިންމާނީ، ހިންގާ ކޮމިޓީގެ ބައްދަލުވުމަކަށް ފަހު،" ލަތީފް ވިދާޅުވި އެވެ.

ސައީދު ވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމާއި އެ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

ސައީދު އަންނަނީ މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އަދާކުރަމުންނެވެ. ޖެނެރަލް ސެކްރެޓަރީ އަކީ، ހިންގާ ކޮމިޓީގެ ނިންމުންތަކާ އެއްގޮތަށް ދުވަހުން ދުވަހަށް އެސޯސިއޭޝަންގެ މަސައްކަތްތައް ހިންގުމުުގައި ހަރަކާތްތެރިވާ ފަރާތެވެެ.