Advertisement

ޕީއެސްއެމްގެ އެމްޑީ އަކަށް ސައީދު

25 އޮގަސްޓު 2024 - 07:15 1

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޕީއެސްއެެމްގެ އެމްޑީ ސައީދު


ޕީއެސްއެމްގެ އެމްޑީ އަކަށް ސައީދު

25 އޮގަސްޓު 2024 - 07:15 1

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ސައީދު އައްޔަން ކޮށްފި އެވެ.

ސަރުކާރުގެ ކުންފުނިތަކަށް ޑިރެކްޓަރުން އައްޔަންކޮށް، އެ ތަންތަން ބަލަހައްޓާ އިދާރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން، ޕީއެސްއެމް އެމްޑީ އަކަށް ސައީދު އައްޔަން ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުން، އިއްޔެ އެވެ.

ޒީނާ އިސްތިއުފާ ދެއްވީ ކީއްވެގެން ކަމެއް ހާމައެއް ނުކުރެ އެވެ.

ސައީދަކީ ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެންމެ ގިނަ ދުވަހު އުޅުއްވީ ތައުލީމީ ދާއިރާގަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކީ އޭނާ އެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ސައީދު މަސައްކަތް ކުރެއްވީ ޕީޕީއެމް/ޕީއެންސީއާއެކު އެވެ.