Advertisement

ރައީސްގެ އެޑްވައިޒަރަކަށް ހުންނެވި މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކޮށްފި

24 އޮގަސްޓު 2024 - 15:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކުރީގެ ޕީޖީ، މުހުތާޒު މުހުސިން. ރައީސްގެ އެޑްވައިޒަރުކަމުގެ މަގާމުން މުހުތާޒު އިސްތިއުފާދެއްވިކަން އޭނާގެ އަރިސް ބައެއް ބޭފުޅުން ވަނީ ކަށަވަރު ކޮށްދީފަ -- ފޮޓޯ: އަދަދު


ރައީސްގެ އެޑްވައިޒަރަކަށް ހުންނެވި މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކޮށްފި

24 އޮގަސްޓު 2024 - 15:19 0

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ބަދަލުކޮށްފި އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް ކުރައްވާފައިވާ މުހުތާޒު ފޮރިން މިނިސްޓްރީއަށް ބަދަލުކުރި ސަބަބެއް ނޭނގުނު ނަމަވެސް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އޭނާ ފޮރިން މިނިސްޓްރީއަށް ބަދަލުކުރިކަން "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.

އެކްސްގައި މުހުތާޒު ބޭނުން ކުރައްވާ އެކައުންޓުގެ ބަޔޯ ގައި ވެސް މިހާރު ލިޔުއްވާފައި ވަނީ "ފޯމާ ކްރިމިނަލް ޖަސްޓިސް އެޑްވައިޒާ އެޓް ޕްރެސިޑެންސީއެމްވީ" ކަމަށެވެ.

މުހުތާޒު ފޮރިންއަށް ބަދަލުކޮށްފައި މިވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަނު ކުރައްވަން ރައީސް މުއިއްޒު ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިހާރު ހުސްވެފައިވާ ޕީޖީގެ މަގާމަށް އައްޔަނު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ މުހުތާޒު މުހުސިނުގެ އިތުރުން އަބްދުއްރަހީމްގެ ދަނބިދަރިއެއް ކަމަށެވެ.

މުހުތާޒު ޕީޖީ ކަމާ ހަވާލުވެވަޑައިނުގަންނަވާނެ ކަމަށް އޭނާގެ އަރިސް ބައެއް ބޭފުޅުން "އަދަދު" އަށް މައުލޫމާތު ދިނެވެ.