Advertisement

އަދާލަތު ޕާޓީގެ އިލްމުވެރިއަކަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް އެ ޕާޓީން ބުނެފި

22 އޮގަސްޓު 2024 - 14:55 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އަދާލަތު ޕާޓީގެ ޖަލްސާއެއްގައި އެ ޕާޓީގެ މެންބަރުން. އެ ޕާޓީގެ އިލްމުވެރިންނަށް ސަރުކާރުން ވަޒީފާ ބިރު ދައްކާކަމަށް އަންނަނީ ތުހުމަތުކުރަމުން. --- ފޮޓޯ:އަދާލަތު ޕާޓީ


އަދާލަތު ޕާޓީގެ އިލްމުވެރިއަކަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް އެ ޕާޓީން ބުނެފި

22 އޮގަސްޓު 2024 - 14:55 0

ހައްޖު ކޯޕަރޭޝަނުގެ ވަޒީފާގައި އުޅޭ އަދާލަތު ޕާޓީގެ އިލްމުވެރިއަކަށް ސަރުކާރުން ބިރުދައްކަމުންދާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުގައި ވަޒީފާ އަދާ ކުރާ އެ ޕާޓީގެ ބައެއް މުވައްޒަފުންނަށް އެކި ގޮތްގޮތުން ދަތިކުރަމުންދާ ކަމަށެވެ. އެގޮތުން، ހައްޖު ކޯޕަރޭޝަނުގައި މަސައްކަތްކުރަމުން އަންނަ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު ޝައިހް ހުސެއިން އަންސާރު ނުހައްގުން ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"މުވައްޒަފެއްގެ ސިޔާސީ ހިޔާލަށް ނުވަތަ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ބަލައި އެއްވެސް ތަފާތުކުރުމެއް ގެންގުޅުމަކީ ވަޒީފާއާބެހޭ ގާނޫނާ ހިލާފު ކަމެއް. މަޝްވަރާ މަޖިލީހުގެ މެންބަރު އައްޝައިހް ހުސައިން އަންސާރު ވަޒީފާ އަދާކުރައްވަމުން ގެންދަވާ ހައްޖު ކޯޕަރޭޝަން އިން ޝައިހް އަންސާރު ނުހައްގުން ވަޒީފާއިން ސަސްޕެންޑްކުރި ކުރުން އަދާލަތު ޕާޓީން ކުށްވެރިކުރަން،" އެ ޕާޓީން ނެރުނު ބަޔާނުގައިވެ ބުނެފައިވެ އެވެ.

އަދާލަތުގެ ޕާޓީން ބުނެފައި ވަނީ ރަސްމީ ގަޑީގައި ދަރިން ސްކޫލަށް ބަލައިދާން އެހެން މުވައްޒަފުންނަށް ފުރުސަތު އޮތް ނަމަވެސް އަންސާރަށް އެ ފުރުސަތު ދީފައިނުވާ ކަމަށެވެ. އަދި ވަޒީފާއިން ސަސްޕެންޑު ކުރުމުގެ ކުރިން އަންސާރަށް ފިޔަވަޅު އަޅާފައި ވަނީ ބޭއިންސާފުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން، އެ ބަޔާނުގައި އަދާލަތު ޕާޓީން ގޮވާލާފައި ވަނީ އަންސާރުގެ ހައްގުތަކެއް ގެއްލިފައިވާތީ އެ ހައްގުތައް ހޯދައިދިނުމަށެވެ. އަދި ވަޒީފާގެ މާހައުލުގައި ތަފާތުކުރުން ނުގެންގުޅުމަށް ވެސް އެ ޕާޓީން ގޮވާލި އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވަޒީފާގެ މާހައުލުގައި އެއްވެސް މީހަކު ތަފާތު ނުކޮށް އެންމެނަށް ވެސް ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދޭނެ ކަމުގެ ވައުދާއެކީގަ އެވެ. އަދި މީހެއްގެ ސިޔާސީ ފިކުރު ތަފާތުވުމަކީ އެ މީހަކަށް ސަރުކާރާއެކު މަސައްކަތް ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ވެސް ތަކުރާރުކޮށް ރައީސް ވިދާޅުވެފައިވެ އެވެ.