Advertisement

އެމްއެފްޑީއޭއަށް ފަސޭހައިން ރިޕޯޓްކުރެވޭ މެކޭނިޒަމެއް ގާއިމުކުރަނީ

22 އޮގަސްޓު 2024 - 12:34 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ހުންނަ ރޯޝަނީ ބިލްޑިން: އެތަނަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރާ އޮތޯރިޓީ


އެމްއެފްޑީއޭއަށް ފަސޭހައިން ރިޕޯޓްކުރެވޭ މެކޭނިޒަމެއް ގާއިމުކުރަނީ

22 އޮގަސްޓު 2024 - 12:34 0

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ފަސޭހައިން ރިޕޯޓު ކުރެވޭނެ މެކޭނިޒަމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަަރު ކުރުމުގެ ގާނޫނުގެ ދަށުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރަން ފަސޭހައިން ރިޕޯޓް ކުރެވޭނެ މެކޭނިޒަމެއް ގާއިމު ކުރުން ވަރަށް މުހިއްމު ކަމަށެވެ.

"މިހާ ހިސާބަށް އައި އިރުގައި ކޮމްޕްލެއިން ކުރުމަށްޓަކައި މި އޮންނަނީ ތަންކޮޅެއް އުނދަގޫ ޕްރޮސީޖާއެއް. އެހެންވީމަ މިހާރުވެސް އަޅުގަނޑުމެން ވާނީ އެމްއެފްޑީއޭގައި ނަންބަރެއް ގާއިމު ކުރެވިފައި. އެ ނަންބަރުގެ ޒަރީއާއިން ވަޓްސްއަޕް ނޫނީ ވައިބާ މެދުވެރިކޮށް އެތަންތަނުގެ ފޮޓޯ އަޅުގަނޑުމެންނަށް ލިބޭ ހިސާބުން އަޅުގަނޑުމެން ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރާނަން،" ހަލީލް ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމުންގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާ ހަލީލް ވިދާޅުވީ އެ ލިބޭ އެހީއާއެކު ދޭ ހިދުމަތްތައް ވެސް ވަރުގަދަވެ، ބޭނުންކުރާ ކާނާގެ ރައްކާތެރިކަން ވެސް ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

ގިނަ ފަހަރު އެމްއެފްޑީއޭއަށް ފޮޓޯއާއި ވީޑިއޯ ފޮނުވުމުގެ ބަދަލުގައި ސޯޝަލް މީޑިއާގައި އެކަން އާންމު ކުރުމުން، އެތަނަށް އެޓެންޑުވާއިރު ހުންނަނީ ސާފުކޮށްފައި ކަމަށް ހަލީލް ވިދާޅުވި އެވެ.

އެގޮތުން ހަލީލް ވިދާޅުވީ އެދުމަކީ ސޯޝަލް މީޑިއާގައި ފޮޓޮ އާއި ވީޑިއޯ އާންމު ކުރުމުގެ ކުރިން އެކަން އެމްއެފްޑީއޭއާ ހިއްސާ ކުރުމުން ފިޔަވަޅު އަޅަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

އެމްއެފްޑީއޭއަށް މިހާރު ރިޕޯޓް ކުރެވެނީ 7200321 ނަންބަރަށް ވަޓްސްއަޕް ނުވަތަ ވައިބާ ކޮށްގެން ނުވަތަ ގުޅައިގެންނެވެ.