Advertisement

ނޯޔާ ޖަރުމަނު ޓީމުން ރިޓަޔާކޮށްފި

21 އޮގަސްޓު 2024 - 19:45 0


ނޯޔާ ޖަރުމަނު ޓީމުން ރިޓަޔާކޮށްފި

21 އޮގަސްޓު 2024 - 19:45 0

މިއުނިކް (އޮގަސްޓް 21) - ތަޖުރިބާކާރު ގޯލްކީޕަރު، މެނުއަލް ނޯޔާ، ޖަރުމަނު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އުމުރުން 38 އަހަރުގެ ނޯޔާ ޖަރުމަނު ގައުމީ ޓީމަށް ކުޅެދިން ފަހު މެޗަކީ، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްޕެއިން އަތުން ބަލިވި މެޗުގަ އެވެ. ނޯޔާ، ޖަރުމަނު ޓީމުގެ ކެރިއަރަށް ނިމުން ގެނައީ، 124 މެޗު ކުޅެދިނުމަށް ފަހު އެވެ.

ޖަރުމަނު ޓީމަށް 2009 ވަނަ އަހަރު ކުޅެން ފެށި ނޯޔާ ވަނީ، ޖަރުމަނު ޓީމަށް ބައިނަލްއަގުވާމީ ބޮޑު އަށް މުބާރާތުގައި ކުޅެފަ އެވެ. އޭގެ ތެރޭގައި، 2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ ކުރިން އޭރު ޖަރުމަނުގެ ކޯޗު ޔަކީމް ލޯ ވަނީ ނޯޔާ އަށް ޓީމުގެ ކެޕްޓަންކަން ދީފަ އެވެ. ނޯޔާ އަތުން ބޭންޑް ނެގީ މި އަހަރު އެވެ. އޭނާ އަތުން ބޭންޑް ނެގުމަށް ފަހު ހަވާލުކުރި މިޑްފީލްޑަރު، އިލްކާއި ގުންޑޮގާން ވެސް ވަނީ ދާދި ފަހުން ގައުމީ ޓީމުން ރިޓަޔާކޮށްފަ އެވެ.

ހަމުގެ ކެންސަރަށް ތިން ފަހަރު ފަރުވާ ހޯދި ނޯޔާ އަށް މިދިޔަ އަހަރުތަކުގައި އެކި އަނިޔާގެ މައްސަލަތައް ވެސް ދިމާވި އެވެ. ގައުމީ ޓީމުން ރިޓަޔާކުރުމަށް ފަހު، ނޯޔާ ފޯކަސް ކުރާނީ ކްލަބް ކެރިއަރު ކުރިއަށްގެންދިއުމަށެވެ. ޝާލްކާގެ ކުރީގެ ކީޕަރު ނޯޔާ މި ވަގުުތު ބަޔާންގެ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ.