Advertisement

ކްރޮސް ސަބްސިޑީއަށް ލިބޭ ފައިސާ ފިނޭންސުން ބޭނުން މަޝްރޫއަަކަށް ހަރަދުކުރެވޭ ގޮތަށް ހަދައިފި

21 އޮގަސްޓު 2024 - 10:44 0

އަމަން ހަލީމް

އަމަން ހަލީމް

ގިރާވަރު ފަޅު ހިއްކަން ފެށި ދުވަސްވަރު ޑްރެޖަރުތަކެއް އަޅާފައި: މިއީ ވެސް ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހަރަދުކުރަމުންދާ މަޝްރޫއެއް -- ފޮޓޯ: ބޮސްކާލިސް


ކްރޮސް ސަބްސިޑީއަށް ލިބޭ ފައިސާ ފިނޭންސުން ބޭނުން މަޝްރޫއަަކަށް ހަރަދުކުރެވޭ ގޮތަށް ހަދައިފި

21 އޮގަސްޓު 2024 - 10:44 0

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ހޯދަން ކްރޮސް ސަބްސިޑީ އުސޫލުން ދޫކުރާ ތަންތަން ކުއްޔަށް ނަގަން ދައްކާ ފައިސާ ފިނޭންސް މިނިސްޓްރީން ބޭނުން ޕްރޮޖެކްޓަކަށް ހަރަދުކުރެވޭ ގޮތަށް އިއްޔެ ހަދައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓު ކޮށްފައިވާ ކްރޮސް ސަބްސިޑީއަށް ދޫކުރާ ތަންތަނުގެ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގައި އޮތީ، މި ބަދަލާއި ކްރޮސް ސަބްސިޑީއަށް ލިބޭ ފައިސާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކާ ގޮތަށް ގެނައި ބަދަލެވެ.

ކްރޮސް ސަބްސިޑީ ގަވާއިދު ކުރިން އޮތް ގޮތުން މަޝްރޫއަކަށް ލިބޭ ފައިސާ ހަރަދުކުރެވޭނީ ސީދާ އެ މަޝްރޫއަކަށެވެ. އަދި ވަކި މަޝްރޫއެއް ހިންގަން ލިބޭ ފައިސާ އެ ނޫން އެއްވެސް މަޝްރޫއެއް ހިންގަން ހަރަދުކުރެވޭނީ ފައިސާ ލިބުނު މަޝްރޫއުގެ މަސައްކަތް ނިމި ބާކީ ފައިސާ ހުރެއްޖެ ނަމަ އެވެ.

ނަމަވެސް އެ ގަވާއިދުގައި މިހާރު އޮތީ ކްރޮސް ސަބްސިޑީއަށް ލިބޭ ފައިސާ ހަރަދުކުރަނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ކުރަމުން އައި ކަމެކެވެ. އެކަމަކު ގާނޫނީ އޮނިގަނޑެއް އެކުލަވާލެވި، ހާއްސަ ގަވާއިދުތަކެއް ހެދިގެން އެ މަސައްކަތް ފެށުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ.

މި އުސޫލުގެ ދަށުން ދެ މޮޑެލްއަކަށް ތަންތަން ކުއްޔަށް ނެގެ އެވެ. އެއީ މަޝްރޫއަކަށް ބޭނުންވާ ފައިސާ ދޭ ގޮތަށް ނޫނީ ސީދާ މަޝްހޫރުގެ އަމަލީ މަސައްކަތް ކުރާ ގޮތަށެވެ. އެގޮތުން, ލިބުނު ފައިސާ މައިގަނޑު ގޮތެއްގައި ހަރަދުކުރަމުން ދަނީ އެއާޕޯޓުތައް ތަރައްގީކުރުމަށާއި ބިން ހިއްކުމުގެ މަޝްރޫއުތަކަށެވެ.