Advertisement

މިނިސްޓަރު ހަލީލު ވިދާޅުވީ ފްލެޓު ބައްލަވައިގަތީ ފަސް އަހަރު ކުރިން، ލޯނެއް ނަގައިގެން ކަމަށް

19 އޮގަސްޓު 2024 - 18:08 0

ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް: ފްލެޓަށް ފައިސާ ދައްކަން ފެށީ 2018 ގައި ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


މިނިސްޓަރު ހަލީލު ވިދާޅުވީ ފްލެޓު ބައްލަވައިގަތީ ފަސް އަހަރު ކުރިން، ލޯނެއް ނަގައިގެން ކަމަށް

19 އޮގަސްޓު 2024 - 18:08 0

ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ހުޅުމާލެއިން ފްލެޓު ބައްލަވައިގަތީ ބީއެމްއެލްއިން ލޯނެއް ނަގައިގެން މީގެ ފަސް އަހަރު ކުރިން ކަމަށް އޭނާ މިއަދު ހާމަކުރައްވައިފި އެވެ.

ހަލީލު މިހެން ވިދާޅުވީ، އޭނާ އެފްޑަބްލިޔު ރެސިޑެންސަސްއިން ބައްލަވައިގަތް ތިން މިލިއަން ރުފިޔާގެ ލަގްޒަރީ ފްލެޓުގެ ހަބަރު ނޫސްތަކުގައި ދައުރުވަމުންދާތީ އެވެ.

މިކަމާ ގުޅުވާ، ފްލެޓު ގަތުމުގެ ކަންކަމާ ގުޅޭ މައުލޫމާތު ކަމަށް ވިދާޅުވެ ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އެ ފްލެޓަކީ އޭޕްރިލް 2018، އިން ފެށިގެން އޭނާ ފައިސާ ދައްކަމުން އަންނަ ފްލެޓެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފްލެޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރީ އޭގެ ހަތަރު މަސް ފަހުން އެ އަހަރުގެ އޮގަސްޓުގަ އެވެ. އަދި ފްލެޓު ގަންނަން ބޭނުންވާ އިތުރު ފައިނޭންސް ހޯދީ ބީއެމްއެލް އިސްލާމިކުގެ ފެސިލިޓީއަކުން ކަމަށާއި މިހާރު ނުދެއްކި އޮތް އަދަދަކީ 1.4 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ފްލެޓު ގަންނަން ބޭނުންވާ އިތުރު ފައިސާ ހޯދީ ބޭންކުން ކަމަށް ހާމަކުރެއްވި ނަމަވެސް، ބޭންކު ލޯނާ ނުލާ ހަލީލު ދެއްކީ ކިހާ ފައިސާއެއް ކަމެއް އޭނާގެ ޕޯސްޓަކުން ނޭނގެ އެވެ.

ފްލެޓުގެ މިލްކުވެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި ހަލީލު ބައްލަވައިގަތީ 1،200 އަކަފޫޓު ޖާގައިގެ، 3،167،687ރ. ގައި އަގުކުރެވިފައިވާ ފްލެޓެކެވެ. މި ހުރިހާ ފައިސާއެއް ހަލީލު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކާ ހަލާސްކޮށްފަ އެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ރަޖިސްޓްރީ ކުރީ ހަލީލު ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރިތާ މަހެއްހާ ދުވަސް ފަހުން ޑިސެމްބަރު 25، 2023 ގަ އެވެ. ފުލެޓުގެ ރަޖިސްޓްރީ ހަލީލުގެ ނަމަށް ބަދަލުކުރީ އޮގަސްޓު 7، ގަ އެވެ.

ހަލީލު ފްލެޓު ބައްލަވައިގަތް ކަމަށް ބުނާ ދުވަސްވަރު އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ޓީޗަރެއްގެ ގޮތުގަ އެވެ. މެމްބަރަކަށް ވުމާ ދޭތެރޭގައި ފިނޭންސް މިނިސްޓްރީގައި ވަޒީފާ އަދާކޮށް، ސިވިލް ސާވިސް ކޮމިޝަނުުގެ ސެކެޓްރީ ޖެނެރަލަކަށް ވެސް ހަލީލު ހުންނެވި އެވެ.