Advertisement

1.8 މިލިއަން ރުފިޔާގެ ސްކޭމަކުން ނެގުމުން އަދަބަކަށް ދައްކަން ޖެހުނީ 115،5400ރ.

19 އޮގަސްޓު 2024 - 15:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކްރިމިނަލް ކޯޓު: 1.8 މިލިއަން ރުފިޔާގެ ސްކޭމްގައި އަދަބަކަށް ދައްކަން ޖެހުނީ އެއް ލައްކަ ރުފިޔާ -- ފޮޓޯ: އަދަދު ފައިލް


1.8 މިލިއަން ރުފިޔާގެ ސްކޭމަކުން ނެގުމުން އަދަބަކަށް ދައްކަން ޖެހުނީ 115،5400ރ.

19 އޮގަސްޓު 2024 - 15:11 0

މޯލްޑިވްސް އިސްލާމިކް ބޭންކުގައި މީހަކު ހުޅުވާފައި އިން އެކައުންޓަކުން 1.8 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި ހަސަން ނާހިދު، މިސްރާބުގެ، ހއ. މޮޅަދޫ ގެ މައްޗަށް އަދަބެއްގެ ގޮތުން ޖޫރިމަނާގެ ގޮތުގައި 115،5400ރ. ދައްކަން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅީ ކަށަށް އިއުތިރާފުވެ، ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އާއެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.

"ހަސަން ނާހިދުއާއެކު ޕްރޮސެކިއުޓާ ޖެނެރަލް ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން، ހަސަން ނާހިދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އަދި ހަސަން ނާހިދުގެ މައްޗަށް ކަނޑައެޅޭ ޖަލު އަދަބު 115،400ރ. އިން ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކުރަން،" ހުކުމުގައި ބުނެފައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއަށް ރިއާޔަތްކޮށް މައްސަލައިގައި ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކޮށް ދައްކަން ޖެހޭ ޖޫރިމަނާގެ އަދަދު ވަނީ 113،800ރ. އަށް ދަށްކޮށްފަ އެވެ.

އެ ފައިސާ އިއްޔެއިން ފެށިގެން ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ވަނީ ހުކުމުގައި ބުނެފަ އެވެ.

އެ މައްސަލައިގައި މުދަލާއި ފައިސާ ހިމެނޭ ގޮތަށް 1.6 މިލިއަން ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށް ފުލުހުން މިދިޔަ މާޗު މަހު ވަނީ ހާމަކޮށްފަ އެވެ.