Advertisement

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުސަންގެ ކޮޓަރި ބަގު ކުރިކަން ފަޅާއަރައިފި

19 އޮގަސްޓު 2024 - 16:25 4

އަހުމަދު އާއިދު

އަހުމަދު އާއިދު

އިސްލާމިކް މިނިސްޓަރު ޝަހީމު އަދި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަން: އަހުސަންގެ ކޮޓަރި ބަގު ކުރިކަން ވަނީ ފަޅާ އަރާފަ --- ފޮޓޯ: އިސްލާމިކް މިނިސްޓްރީ


އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުސަންގެ ކޮޓަރި ބަގު ކުރިކަން ފަޅާއަރައިފި

19 އޮގަސްޓު 2024 - 16:25 4

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އަހުސަންގެ ކޮޓަރި ބަގު ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މިނިސްޓަރު ޝަހީމުގެ ކޮޓަރި ބަގުކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި މިއަދު ދަނީ އަޑުތައް ފެތުރެމުންނެވެ. ނަމަވެސް ބަގުކޮށްފައި ވަނީ އަހުސަންގެ ކޮޓަރިކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ.

އެނގިފައިވާ ގޮތުގައި އަހުސަންގެ ކޮޓަރި ބަގުކޮށް އެތަނުގައި ދެކެވޭ ވާހަކަތައް އަޑުއަހާ ޖާސޫސް ކުރުމަށް ބަޔަކު ވަނީ މަސައްކަތް ކޮށްފަ އެވެ. ވަކި ދެ މަސްދަރަކުން އެކަން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.

ނަމަވެސް އެއީ ކޮން ބަޔަކު ކުރި ކަމެއްކަން އަދި ސާފެއް ނުވެ އެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އަހުސަން އަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމުގެ އެންމެ އަރިސް އެކަކެވެ. އެގޮތުން މިނިސްޓަރާއެކު ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެ ދަތުރުތަކުގައި އެކުގައި ދާ ޓީމުތަކުގައި ވެސް އަހުސަން ހިމެނެ އެވެ.