Advertisement

މުވައްޒަފުން ނުނަގަން އަންގާފައިވަނިކޮށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް މެންބަރުން ހޯދަނީ

19 އޮގަސްޓު 2024 - 12:23 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މުވައްޒަފުން ނުނަގަން އަންގާފައިވަނިކޮށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް މެންބަރުން ހޯދަނީ

19 އޮގަސްޓު 2024 - 12:23 0

ކޯޓުތަކާއި ޝަރުއީ އިދާރާތަކަށް އާ މުވައްޒަފުން ނެގުން މަޑުޖައްސާލަން ޑިޕާޓުމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އަންގާފައިވަނިކޮށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ކޮމިޓީއަކަށް ދެ މެންބަރަކު ހޯދަން އިއުލާންކޮށްފި އެވެ.

އިއުލާނުގައިވާ ގޮތުން އެއީ ސިޓިން އަދި ސާވިސް އެލަވަންސް ދޭ ގޮތަށް ކަނޑައަޅާފައިވާ ޕާޓް-ޓައިމް ދެ މަގާމެކެވެ. އާ މުވައްޒަފުން ނަގަން އިއުލާނު ކުރި އިރު ޖޭއެސްސީގެ ލީގަލް އޮފިސަރުން ކޮމިޓީތަކަށް އައްޔަން ކުރުމުގެ އިހުތިޔާރު އެ ކޮމިޝަނަށް އޮވެ އެވެ.

އެ ގޮތުން ކޮންމެ ކޮމިޓީ ބައްދަލުވުމަކަށް 500ރ. ގެ އެލަވަންސެއް ކަނޑައަޅާފައިވެ އެވެ. ކޮމިޓީ ބައްދަލުވުމެއް ދޮޅު ގަޑިއިރަށް ވުރެ އިތުރުވާނަމަ މިނެޓަކަށް ޖެހޭ ފައިސާ އިތުރުވާނެ އެވެ. ނަމަވެސް ގިނަވެގެން ކޮމިޓީ ބައްދަލުވުމަކަށް 1،000 ރ. ގެ އެލަވަންސެއް ދޭ ގޮތަށެވެ.

ކޮމިޓީ ބައްދަލުވުންތަކުގެ ބޭރުން މައްސަލައެއް ދިރާސާކުރުމަށް ޓަކައި ހޭދަވާ ކޮންމެ ގަޑިއިރަކަށް 100 ރ. ގެ ސާވިސް އެލަވަންސެކެވެ. އަދި އެއްވެސް މައްސަލައެއް ދިރާސާކުރުމަށް 10 ގަޑިއިރަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.

މެންބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ އުމުރުން 35 އަހަރު ވުމާއި ދީނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ޝަރީއަތަށް ސާބިތުނުވުން ފަދަ އާންމު ޝަރުތުތަކެކެވެ. ދެން އެއްވެސް އިންތިހާބީ މަގާމެއްގައި، ނުވަތަ ސިޔާސީ މަގާމެއްގައި ހުރި މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.

ނަމަވެސް ކޮމިޓީއަށް މެންބަރުން އައްޔަން ކުރުމުގައި ގާނޫނީ ދާއިރާ ނުވަތަ ތަހުގީގީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.

ތަހުގީގު ކޮމިޓީއަށް އާ ދެ މެންބަރުން ހޯދަން އިއުލާންކޮށްފައިވާއިރު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ތަމްސީލްކުރުމަށް ޖޭއެސްސީއަށް ނުދެވޭނެ ކަން ސުޕްރީމް ކޯޓުން އެންގި ފަހުން އެ ކޮމިޝަނުގެ ލީގަލް އޮފިޝަލުން މި ފަހުން ކުރާ މަސައްކަތަކީ ހުށަހެޅޭ މަސައްކަތުގެ ތަހުގީގު ކުރުން ކަން ވެސް އެނގިފައިވެ އެވެ.