15 އޮގަސްޓު 2024 - 10:47 0
ލީވާން އަލީ ނާސިރު
ވިލާ ކޮލެޖުގެ ފެއާ "ކެމްޕްސް ކުއެސްޓް" ގެ ޕްރޮމޯޝަނަލް ޕޯސްޓާ
15 އޮގަސްޓު 2024 - 10:47 0
ވިލާ ކޮލެޖުން "ކެމްޕަސް ކުއެސްޓް" ގެ ނަމުގައި މި އަހަރު އޯ ލެވެލެ ނިމުނު ދަރިވަރުންނާއި، އޭލެވެލް ނިމިފައި ތިބި ދަރިވަރުނަށް ހާއްސަކޮށްގެން އަންނަ އާދީއްތަ ދުވަހު ފެއާއެއް ބޭއްވުމަށް ނިންމައިފި އެވެ.
އެ ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލާ ކޮލެޖު މާލޭގައި ހުންނަ ކެމްޕަހުގައި މެންދުރު 2.00 އިން ހަވީރު 6.00 އަށެވެ.
"ފެއާ ފަރުމާކޮށްފައިވަނީ އެކި އެކި ޑިސިޕްލިންތަކުން އިންޓަރެކްޓިވް އަދި އިމަރސިވް އިލްމީ ހަރަކާތްތަކާއިއެކު ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމަލީގޮތުން ބައިވެރިވެރިވެވޭ ގޮތަށް. މީގެ ސަބަބުން ފެއާގެ ބައިވެރިންނަށް އާ ހުނަރެއް ދަސްވުމުގެ ފުރުސަތާއި ވިލާ ކޮލެޖުގެ ތައުލީމީވެށި ބިނާ ކުރެވިފައިވާ ގޮތް ތަޖުރިބާ ކޮށްލުމުގެ ފަރުސަތު ލިބިގެން ދާނެ،" ވިލާ ކޮލެޖުން ބުންޏެވެ.
ބިޒް ޕިޗް: މީހުން ޝައުގުވެރިވާ ފަދަ ގޮތަކަށް ވިޔަފާރީގެ ދާއިރާއިން އާ ހިޔާލުތައް ހުށަހަޅަން ދަސްކޮށްދިނުން.
ސްޕޭސް ޑިޒައިން: އިންޓީރިއާ އާކިޓެކްޗާގެ އަސާސްތައް ބޭނުންކޮށް ތަނެއް ޑިޒައިން ކުރާނެ ގޮތް.
އާޓް އަލައިވް: ކްރިއޭޓިވް އާޓްސްގެ ދާއިރާއާއި ގުޅޭ އެކިއެކި ފަންނުވެރި ޑިޒައިންތައް ތައްޔާރުކުރާނެ ގޮތް.
ބިލްޑް އިޓް، ބްރޭކް އިޓް: މިއީ އިންޖިނިއަރިންގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ހިންގޭ ހަރަކާތެއް. މި ހަރަކާތުގެ ތެރެއިން މި ދާއިރާއިން އަމިއްލަ އަށް އެއްޗެއް އުފެއްދުން ތަޖުރިބާ ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެ.
މައިންޑް މިސްޓަރީސް: ތިބާގެ ހަރަކާތްތަކާއި ނިންމުންތައްނިންމުނުގެ ސިކުނޑި މަސައްކަތް ކުރާގޮތާއި ގުޅޭ އިންޓަރެކްޓިވް ސެޝަނެއް.
ލޯ އިން އެކްޝަން: ވިލާ ކޮލެޖުގެ މޫޓް ކޯޓެއްގައި ހިންގާ ޝަރީއަތެއް. މި ހަރަކާތުގައި ފެއާއަށް ޒިޔާރަތް ކުރާ މީހުންނަށް ބައިވެރިވާނީ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުންނާއި އަދި ދައުވާ ލިބޭ ފަރާތްތަކުގެ ހައިސިއްޔަތުން.
ނާސިން އެސެންޝިއަލްސް: ނާރސިންގެ ދާއިރާގައި ބައެއް އަސާސީ މަސައްކަތްތައް އަމިއްލައަށް ކޮށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު.
ވީއާރު އެކްސްޕީރިއަންސް: ޒަމާނީ ވާޗުއަލް ރިއަލިޓީ ތަޖްރިބާ ކޮށްލުން.
ކައުންސެލިން ސައިކޮތެރަޕީ: ވިލާ ކޮލެޖު ކައުންސެލިން އެންޑް ސައިކޯތެރަޕީ ކްލިނިކް ކަމަށްވާ "ވީކެއާ" ގެ ފަރާތުން ސައިކޯ ސޯޝަލް ކައުންސެލިން ދިނުން.
ކެރިއާ ގައިޑެންސް: ތިމާ އާއި އެންމެ ގުޅޭ، އެންމެ މަގްބޫލު، އެންމެ ކުރިއަށް ދެވޭނޭ ދާއިރާއެއް ދެނެގަންނާނެ ގޮތާއި ތައުލީމީ މުސްތަގުބަލަށް ވިސްނާ ފަރާތްތަކަށް މަތީ ތަޢުލީމު ހިޔާރުކުރުމުގައި ވިސްނުން ގެންގުޅެންވީ ގޮތާއި ބެހޭގޮތުން އިރުޝާދު ދިނުން.
މި ފެއާގައި ތަފާތު އައު ތަޖުރިބާތަކާއެކު އީޖާދީ ވަގުތުކޮޅެއް ހޭދަކޮށްލުމަށްޓަކައި ވީހާ ވެސް ގިނަ ބަޔަކު ޒިޔާރަތްކުރުމަށް ވިލާ ކޮލެޖުން އެދެ އެވެ.
Comment