Advertisement

ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު އިއްވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރަނީ

14 އޮގަސްޓު 2024 - 15:22 2

އަމަން ހަލީމް

އ

Advertisement

ައަތުލައިގެންފައި ހުރި މަސްތުވާތަކެތި ނައްތާލަނީ: ކުރިން ގާނޫނުގައި ދެވޭ އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަަލަށް ލުން --- ފޮޓޯ: މުހައްމަދު ޝަހުޒާން/އަދަދު


ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު އިއްވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އިސްލާހުކުރަނީ

14 އޮގަސްޓު 2024 - 15:22 2

Advertisement

Advertisement

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ޖަދުވަލު 1 ގައި ހިމެނޭ މަސްތުވަތާކެތީގެ ބަރުދަނުގައި 500 ގްރާމަށް ވުރެ ގިނައިން އެތެރެކުރިކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު އިއްވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލު ގެންނަން ޑްރާފްޓެއް އެކުލަވާލައިފި އެވެ.

ސަރުކާރުން ޑްރާފްޓްކޮށްފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު އިއްވޭނެ މާއްދާއެއް ހިމަނާފައިވެ އެވެ. ކުރިން މި މާއްދާ އޮތް ގޮތުން އެ މީހަކަށް ދެވޭނެ އަދަބަކީ އުމުރު ދުވަހަށް (25 އަހަރަށް) ޖަލަށް ލުމެވެ.

Advertisement

ޖަދުވަލު 1 ގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ. ބިލުގެ އިބާރާތުގައި އޮތީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަން ވިސްނާ އިސްލާހުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހުރީ ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމާއި ރިހެބިިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިސްލާހުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމަނާފައިވެ އެވެ. އެގޮތުން މަަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީ ވެސް ޓްރެފިކްކުރުން ކަމަށް ބިލުގައި ހިމަނާފައިވެ އެވެ.

ޑްރަގު ކޯޓަށް ލިބޭ ބާރުތަކުގެ މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑަލްކުރުމުގެ ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ބަންދު އަމުރާ މެދު ގޮތެއް ނިންމުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުން ވެސް ހިމެނެ އެވެ. ކުރިން މިކަންކަން ކުރަނީ ކްރިމިނަލް ކޯޓުންނެވެ.

Advertisement

އޭގެ އިތުރުން ކުރިން ޑްރަގު ކޯޓަށާއި ޕްރޮސިކިއުޓާ ޖެނެރަލްއަށް އިހުތިޔާރީކޮށް އޮތް ބައެއް ކަންކަން އެއީ ތަންފީޒުކުރަން މަޖުބޫރު ކަންކަމުގެ ގޮތުގައި އިބާރާތް ބަދަލުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ފަރުވާގެ އަމުރާ ހިލާފުވާ މީހުންނަށް ފިޔަވަޅު އެޅުން ހަރުކަށި ކުރުމާއި ނުކޮށް ދޫކޮށްލާ ދައުވާތައް އުފުލުން ހިމެނެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ޒަމާނަށް ފައްތާ، މިހާރަށް ވުރެ ހަރުކަށި އަދަބު ދީގެން ވިޔަސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނެ ކަމަށް ކުރިން ވެސް ސަރުކާރުން ބުނެފައިވެ އެވެ.

Advertisement

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


Advertisement

Advertisement

ޢަލީ

7 months ago

ވާނެބާ! ކަންކަން ކުރާތަނަށް ވުރެ އަނގަ އިސްވާތަން ފެންނަނީ. ގައުމުގެ އިސް ސަފުގަ ގިނައިން ތިބީ ތީގެ މީހުން. ބޮޑެތި ވިޔަފާތިތަކާ ވިޔަފާރިތަކުގެ ޚިއްޞާ ދަރުންނަށް ތިބީ އެމީހުން. މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފް ހުރި މުދާވެސް ދައުލަތަށް ނަގަންޖެހޭ!

މުލޭ

7 months ago

ރަނގަޅު ބަދަލުތަކެއް. ޝުކުރިއްޔާ.