Advertisement

އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި އޮތުމުން އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން

14 އޮގަސްޓު 2024 - 11:29 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން. ފޮރިން އިންވެސްޓްމަންޓުގެ ގާނޫނުގައި އެ އިންވެސްޓްމަންޓުތައް ނެގޭ ގޮތަށް އޮތުމަކީ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް މެންބަރުން ވިދާޅުވި --- ފޮޓޯ: މަޖިލިސް އިދާރާ


އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި އޮތުމުން އެމްޑީޕީ މެންބަރުންގެ ކަންބޮޑުވުން

14 އޮގަސްޓު 2024 - 11:29 0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން އިންވެސްޓްމަންޓު ބިލުގެ ތައާރަފުގައި ފޮރިން އިންވެސްޓްމަންޓުތައް ދައުލަތަށް ނެގޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުން އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ ކަމަށް ވިދާޅުވެ އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބިލުގެ ތައާރަފު


މިއީ, ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ކުރެވޭނެ ދައިރާތައް ކަނޑައެޅުމާ ގުޅޭ އުސޫލުތަކާއި, އެފަދަ ފަރާތްތަކަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމުގެ ހުއްދަ ދޫކުރުމާ ގުޅޭ އުސޫލުތަކާއި, އެފަދަ އިންވެސްޓަރުންނަށް ލިބިދެވޭނެ ހިމަޔާތާއި, ރައްކާތެރިކަމާއި ގުޅޭ އުސޫލުތަކާއި, އެފަދަ އިންވެސްޓްމަންޓުތައް ދައުލަތަަށް ނެގޭނެ ހާއްސަ ހާލަތްތަކާއި އެފަދައިން ނެގޭ އިންވެސްޓްމަންޓުތަކަށް ބަދަލު ދެވޭނެ އުސޫލުތަކާއި, އެ ނޫންވެސް ކަމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމުގެ ގާނޫނެވެ.

އެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވީ ބިލު ފަށާއިރު އެހެން އޮތުމުން އިންވެސްޓަރުންނަށް ދެވެނީ ނެގެޓިވް މެސެޖެއް ކަމަށެވެ.

"މި ބިލު ގާނޫނަކަށް ވީމައި ބޭރުގެ އިންވެސްޓަރުންނާއި އެ ފަރާތްތަކުގެ ވަކީލުން ކޮންސަލްޓަންޓުން ވެސް ގާނޫނީ އިނގިރޭސި ތަރުޖަމާ ކިޔާނެ. ގާނޫނު ފައްޓަމުން މިކަހަލަ ވާހަކައެއް ލިޔެފައި އޮތީމައި މުޅި މަގުސަދާއި ހިލާފުވެ އިންވެސްޓްމަންޓުތައް ދައުލަތަށް ނެގުމުގެ ވާހަކަ މިބައިން އުނިކުރަން ޖެހޭ," ކުޑޫ ވިދާޅުވި އެވެ.

މި ބިލު ގާނޫނަކަށް ބަދަލުވެގެންދާއިރު ފޮރިން އިންވެސްޓަރުންގެ އިތުބާރު ލިބެން ޖެހޭ ކަމަށާއި ބިލުގެ މަގުސަދުތައް ބަޔާންކުރިއިރު ފޮރިން އިންވެސްޓަރުންނަށް ލިބޭ ހިމާޔަތާއި ރައްކާތެރިކަމުގެ ވާހަކަ ވަކިން ބަޔާންކޮށްފައި ނެތުމުން ވެސް އެމްޑީޕީގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އިނެވެސްޓްމަންޓުތައް ނެގޭނެ ގޮތާއި އުސޫލުތަކުގެ ވާހަކަ މާ ބޮޑަށް ބަޔާންކޮށްފައި އޮތުމުން އިންވެސްޓަރުންނަށް މި ބިލުގެ ސަބަބުން ފާހަގަވާނީ އިންވެސްޓްމަންޓުތަކަށް އޮތް ރައްކާތެރިކަން ކުޑަވުން," ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވި އެވެ.

އެ ދެ މެންބަރުންގެ އިތުރުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވެސް ވަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޮމިޓީ މަރުހަލާގައި އެކަމަށް ހައްލެއް ހޯދުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވި ގޮތުގައި އެގޮތަށް ގިނަ ގައުމުތަކުގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ކަމަށާއި އެއީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެކެވެ.