Advertisement

ހައްޖު ފަންޑެއް އުފައްދަން މަތީފަންތީގެ އެޕާޓްމެންޓު ބިލްޑިންއެއް އަޅަނީ

13 އޮގަސްޓު 2024 - 11:28 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާލޭގައި ހުރި ހައްޖު ކޯޕަރޭޝަން އޮފީސް އޮފީސް. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ހައްޖު ފަންޑެއް އުފައްދަން މަތީފަންތީގެ އެޕާޓްމެންޓު ބިލްޑިންއެއް އަޅަނީ

13 އޮގަސްޓު 2024 - 11:28 2

"ހައްޖު ފަންޑެއް" އުފެއްދުމަށްޓަކައި ހުޅުމާލެއިން ބިމެއް ގަނެ، ލަގްޒަރީ އެޕާޓްމެންޓު ބިލްޑިންއެއް އަޅަން ނިންމައިފި އެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް "އަދަދު" ނޫހަށް ވިދާޅުވީ ހައްޖު ފަންޑުގެ ބޭނުމަކީ އެކި ދާއިރާތަކަށް އިންވެސްޓުކޮށް، ހައްޖަށް މީހުން ގެންދިޔުމުގެ އަގު ކުޑަކުރުން ކަމަށެވެ.

"އެހެންވެ ލަގްޒަރީ ރެޝިޑެންޝަލް ބިލްޑިންއެއް މި އަޅަނީ. އެތަނުގެ އެޕާޓްމެންޓުތައް އަޅުގަނޑުމެން ވިއްކާލާނީ. އޭރުން އިންވެސްޓުކުރާނެ ފައިސާ އެ ލިބެނީ،" ޝަކީލް ވިދާޅުވި އެވެ.

އެޕާޓްމެންޓު ބިލްޑިން އެޅުމަށާއި އޮފީސް އިމާރާތެއް އެޅުމަށް ހައްޖު ކޯޕަރޭޝަނުން ހުޅުމާލެއިން ބިން ގަތީ، އެ ކުންފުނީގައި ހުރި ހައްޖުވެރިން ޖަމާކޮށްފައިވާ ފައިސާއިންނެވެ.

"ރެޝިޑެންޝަލް ބިލްޑިން އަޅައި އެ ތަނުން ފައިސާ ލިބުމުން އެ އުފެއްދެނީ ހައްޖު ކޯޕަރޭޝަންގެ އަމިއްލަ ފަންޑެއް،" ޝަކީލް ވިދާޅުވި އެވެ.

ރެޝިޑެންޝަލް އިމާރާތް ހަދާނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކަމަށާއި އެކަމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ހުޅުވައިލާނެ ކަމަށް ޝަކީލް ވިދާޅުވި އެވެ.