Advertisement

ފޭސް ތިނަކުން ގޯތި ދޭން ފެށޭނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހު: ހައިދަރު

12 އޮގަސްޓު 2024 - 09:42 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހައުސިން މިނިސްޓަރު ހައިދަރު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު:ހައިދަރު ވިދާޅުވީ ފޭސް ތިނަކު ގޯތި ދޭން ފެށޭނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހު ކަމަށް --- ފޮޓޯ: އަދަދު


ފޭސް ތިނަކުން ގޯތި ދޭން ފެށޭނެ ކަމަށް ބެލެވެނީ ނޮވެމްބަރު މަހު: ހައިދަރު

12 އޮގަސްޓު 2024 - 09:42 1

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތިދޫކުރަން ނިންމާފައިވާ ހުޅުމާލޭގައި އަލަށް ހިއްކާ ހުޅުމާލެ ފޭސް ތިނަކުން ގޯތި ދޫކުރުވޭނެ ކަމަށް ލަފާކުރެވެނީ އަންނަ ނޮވެމްބަރު މަހު ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކޮށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ކުރީ ސަރުކާރުން 699 ގޯތި ދީފައިވަނީ ފަޅުން ކަމަށާއި މި ސަރުކާރުން އެ ގޯތިތައް ހަވާލުކުރާނީ ބިން ހިއްކުމަށްފަހު ކަމަށެވެ.

"ފޭސް ތިނެއް ހިއްކާ ނިންމާ ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެމްބަރު ހާތަނުގަ،" މިނިސްޓަރު މިއަދު ވިދާޅުވި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މެދުކެނޑުމަކަށްފަހު އެ މަސައްކަތް އަލުން ފެށީ ޖޫން 24، ގަ އެވެ. މިހާރު ކުރިއަށްދަނީ ތިންވަނަ ފިޔަވަހިން ހިއްކާ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން ބާކީ އޮތް 40 ހެކްޓަރުގެ ބިން ހިއްކާ ނިންމާލުމުގެ މަސައްކަތެވެ.

ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ)އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން ތިންވަނަ ފިޔަވަހީގެ އިތުރުން ޔޮޓް މެރީނާ ތަރައްގީކުރަން ހާއްސަކޮށްފައިވާ ދިޔަނެރު ފަޅާއި ތިލަފުށިވެސް ހިއްކާނެ އެވެ.

ގާތްގަނޑަކަށް 268 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ އަގުހުރި މި މަޝްރޫއު ހިންގަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުންނެވެ.

ސީއެމްސީން މި މަޝްރޫއަށް ހަރަދުކުރި ނަމަވެސް، އެ ކުންފުނިން ހިންގާ އެހެން މަޝްރޫއުތަކެކޭ އެއް ފަދައިން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުނިންނެވެ. މި މަސައްކަތުގައި އެ ކުންފުނިން ބޭނުންކުރަނީ "ވިލެމް ވެން އޯރެންޖް" ޑްރެޖަރެވެ.