Advertisement

މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރު ކުރަން މާދަމާގެ އެޖެންޑާގައި ވެސް ހިމަނައިފި

11 އޮގަސްޓު 2024 - 16:34 0

މުހައްމަދު ޝަހްޒާން

މ

Advertisement

ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު: އޭނާ މަޖިލީހަށް ހާޒިރު ކުރަނީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައި ހުރި ގޯތިތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް -- ފޮޓޯ: އަދަދު


މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރު ކުރަން މާދަމާގެ އެޖެންޑާގައި ވެސް ހިމަނައިފި

11 އޮގަސްޓު 2024 - 16:34 0

Advertisement

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހައުސިން މިނިސްޓަރު، ޑރ. އަލީ ހައިދަރު އާ ސުވާލު ކުރަން މާދަމާގެ ޖަލްސާއަށް އަނެއްކާ އެޖެންޑާ ކޮށްފި އެވެ.

މިނިސްޓަރު ހައިދަރު މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް ކޮށްފައިވާ ތިން ސުވާލަކަށް ޖަވާބު ދެއްވުމަށެވެ.

Advertisement

މެންބަރު މުހައްމަދު އިބްރާހިމް ކުރައްވާފައިވާ ސުވާލުތަކަކީ:

  • ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް އިން ވަކިކޮށް ބިން ހަވާލު ކުރަން ފެށޭނީ ކޮން ދުވަހަކުންތޯ؟
  • ބިންވެރިޔާ ސްކީމުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ގޯތިތައް އޭގެ ވެރި ފަރާތްތަކާ ހަވާލު ކުރެވޭނީ ކިހައި ހިސާބަކުންތޯ؟
  • ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފުލެޓު ކާމިޔާބުވީ ފަރާތްތަކަށް އެ ފުލެޓުތައް ހަވާލު ކުރެވޭނީ ކޮން އިރަކުންތޯ؟

އެ ސުވާލުތަކަށް ޖަވާބު ދިނުމަށް މިނިސްޓަރު ހައިދަރު މަޖިލީހަށް ހާޒިރު ކުރަން މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ އެޖެންޑާގައި ވެސް ހިމެނި އެވެ. ނަމަވެސް ކުއްލި އާއިލީ ކަމެއް ދިމާވެގެން ކަމަށް ބުނެ އެ ދުވަހު އޭނާ މަޖިލީހަށް ހާޒިރުވެވަޑައެއް ނުގަންނަވަ އެވެ.

Advertisement

މަޖިލީހަށް އެދުވަހު ވަޑައިނުގެންނެވި ނަމަވެސް އެ ދުވަހު މިނިސްޓަރު ގަޑިއަށް އޮފީހަށް ވަޑައިގެންނެވި އެވެ.

އެ ޖަލްސާއަށް ހައިދަރު ވަޑައިނުގެންނެވިއިރު، މިދިޔަ ޖުލައި 16، ގައި ބޭއްވި ޕެޓިޝަން ކޮމިޓީއަށް ވެސް އޭނާ ވަޑައިނުގަންނަވަ އެވެ. އެ ދުވަހު ވެސް އޭނާ ވަޑައިގެންނެވީ ކެބިނެޓު ބައްދަލުވުމަކަށެވެ.

މަޖިލީހުގައި އަމަލުކުރާ އުސޫލަކީ މެންބަރަކު މިނިސްޓަރަކާ ސުވާލެއް ކުރައްވާ ނަަމަ، މަޖިލީހުގެ އިދާރާއިން އެ ސުވާލު، މިނިސްޓަރަށް ލިއުމުން ފޮނުއްވައި، ޖަވާބުދެއްވަން ތައްޔާރުވެވަޑައިގެންނެވުމަށް 14 ދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ޖަވާބު ދެއްވަން އެޖެންޑާ ކުރުމެވެ.

ގާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ހާޒިރު ކުރުމަކީ އެ މަޖިލީހަށް ލިބިގެންވާ ބާރެކެވެ.

"ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން، އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ،" އެ މާއްދާގައި ބުނެފައިވެ އެވެ.