Advertisement

ސަރުކާރުގެ 10 ކުންފުންޏެއްގެ ބޯޑުން މެމްބަރުން ވަކިކޮށްފި

11 އޮގަސްޓު 2024 - 13:39 0

އަމަން ހަލީމް

އ

Advertisement

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ އޮފީސް ހުންނަ އިމާރާތުގެ ނަން ބޯޑު: ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މީހުން އައްޔަނުކުރުމާއި ވަކިކުރުމުގެ ކަންކަން ކުރަނީ ޕީސީބީ އިން -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ސަރުކާރުގެ 10 ކުންފުންޏެއްގެ ބޯޑުން މެމްބަރުން ވަކިކޮށްފި

11 އޮގަސްޓު 2024 - 13:39 0

Advertisement

ސަރުކާރު ސައްތައިން ސައްތަ ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑު މެމްބަރުންތަކެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިދިޔަ ހަފުތާގެ ތެރޭގައި ވަކިކޮށްފި އެވެ.

ޕީސީބީން މިއަދު ކުރި އިއުލާނުގައިވާ ގޮތުގައި އެންމެ ގިނަ ބޯޑު މެމްބަރުން ވަކިކުރީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުންޏާއި ވެމްކޯ އާއި ފެނަކައިންނެވެ. މި ހުރިހާ ކުންފުންޏެއްގެ ބޯޑުން ތިން މީހުން ވަކިކުރި އެވެ.

Advertisement

ފެނަކައިގެ ޗެއާމަނާއި ބޯޑު މެމްބަރުންތައް ވަކިކުރި ހަބަރު "އަދަދު" އިން ވާނީ ކުރިން ޝާއިއުކޮށްފަ އެވެ.

ވެމްކޯއިން ވަކިކުރީ ނަން-އެގްޒެކެޓިވް ޑިރެކްޓަރުން ކަމުގައިވާ، މުސްތަފާ މުހައްމަދާއި އަލީ ނަބީލް އާއި އަލީ އިކުރާމެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން ވަކިކުރީ ހުސެއިން މުހައްމަދު ދީދީ އާއި ޝާތިފް އަލީ އާއި ޝަޒުރާ ޝާކިރެވެ.

ފެނަކައިގެ ޗެއާމަނާއި ޑީއެމްޑީއާ ބޯޑު މެމްބަރަކު ވަކިކޮށްފި

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ފެނަކައިގައި މިހާރު އޮތް ޕްރޮކިޔުމަންޓް އުސޫލު ހަރުދަނާ ކުރުމުގެ މަސައްކަތުގައި މި މީހުން އުޅޭތީ މި ދޭތެރެއިން ހިތްހަމަނުޖެހުންތަކެއް އުޅުނު

ފެނަކައިގެ ޗެއާމަނާއި ޑީއެމްޑީއާ ބޯޑު މެމްބަރަކު ވަކިކޮށްފި

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ފެނަކައިގައި މިހާރު އޮތް ޕްރޮކިޔުމަންޓް އުސޫލު ހަރުދަނާ ކުރުމުގެ މަސައްކަތުގައި މި މީހުން އުޅޭތީ މި ދޭތެރެއިން ހިތްހަމަނުޖެހުންތަކެއް އުޅުނު

Advertisement

ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކުން ވަކިކުރި މީހުން

  • ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) - މުހައްމަދު ރަޝީދާއި އަހުމަދު ސާދިގު
  • ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) - ލަމްޔާ އިބްރާހިމް އާއި އަހުމަދު އިފްތިހާރު
  • މޯލްޑިވްސް ޕޯސްޓް ލިމިޓެޑް - މުހައްމަދު އަބްދުﷲ އާއި މުހައްމަދު ނާޝިދު
  • ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) - ނަޖީލް އަހުމަދު
  • ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) - އަލީ ނަޒީރު
  • އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީީ) - ޝުހާދު އިބްރާހިމް
  • ޓްރޭޑްނެޓް މޯލްޑިވްސް - ނާހިޔާ މުހައްމަދު

ބައެއް ބޯޑުތަކުން މީހުން ވަކިކުރުމަށް ފަހު ބަދަލުގައި އެހެން މީހުން އައްޔަނުކުރި ނަމަވެސް ކުންފުނިތަކުން ހުސްވީ ގިނަ މަގާމުތަކަށް މީހުން ނުނަގަ އެވެ. ބޯޑު މެމްބަރުން އައްޔަނުކުރީ ދެ ކުންފުންޏަކަށެކެވެ. އެއީ އެޗްޑީސީއަށް، ޒިދުނާ އިބްރާހިމް އަދި ޕޯސްޓަށް ހައްވާ ސަފްނާ އެވެ.

ސަރުކާރުން ކުންފުނިތަކުގެ ބޯޑަށް ބަދަލު ގެންނަމުންދާ ސަބަބެއް އަދި ނުބުނެ އެވެ.