ޔާމީންގެ ޝަރީއަތަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވާނެ: ރައީސް މުއިއްޒު

11 އޮގަސްޓު 2024 - 09:09 0

ލީވާން އަލީ ނާސިރު

ލ

ުޔާމީން ގެއަށް ބަދަލު ކުރެއްވުމުގެ ތެރެއިން: ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވި މީހަކު ސަރުކާރުގައި ނުހުންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް


ޔާމީންގެ ޝަރީއަތަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައެއް ނުވާނެ: ރައީސް މުއިއްޒު

11 އޮގަސްޓު 2024 - 09:09 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތަށް ސަރުކާރުން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުމުން ނުކުމެވަޑައިގެން ރައީސް މުއިއްޒު "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ ރައީސް އޮފީހުން އަދި ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ޖުޑިޝަރީ އާއި ޝަރުއީ ނިޒާމުގެ ތެރެއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެ ކަމަށާއި އެފަދަ މީހަކު ސަރުކާރުގައި ހުރިނަމަ މަގާމުން ވަކިކުރާނެ ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރެއް އުފެދިގެން އަންނަ ހިސާބުން ރައީސް އޮފީހުންނެއް އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން ޖުޑިޝަރީއަކަށް ޝަރުއީ ނިޒާމުގެ ތެރެއަކަށް އެއްވެސް ވަރެއްގެ ނުފޫޒެއް ނުފޯރުވާނެ. އެފަދަ ކަމެއް ކުރާ މީހަކު އަޅުގަނޑަށް މިވަގުތު ފެނުނަސް އެއީ މަގާމެއްގައި ހުރި މީހެއްވިއްޔާ ވަގުތުން ވަކި ވެސް ކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު މަގާމުތަކަށް އައްޔަން ކުރައްވާފައި ތިއްބެވި އެއްވެސް މީހެއްގެ ކިބައިން ޝަރީއަތަށް އަދި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ޓޮލެރޭޓު ނުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ދައްކާ ވާހަކައިން އެއްކިބާވާނެ ބޭފުޅެއް ނޫން ކަމަށާއި މިއަދު ވެސް ހުންނެވީ ތަފާތެއް ނެތި މެނިފެސްޓޯގައި އިއުލާން ކުރެވުނު ގޮތަށް ކަމަށެވެ.

ޕީޕްލަސް ނެޝަނަލް ފްރަންޓު (ޕީއެންއެފް) އިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ޝަރީއަތް ލަސް ކުރަން ނުފޫޒު ފޯރުވުމަށް މި ސަރުކާރުން މަސައްކަތް ކުރި ކަމަށާއި ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވީ ކޮންބައެއްކަން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެމަނިކުފާނުގެ ޝަރީއަތަށް މި ސަރުކާރުން ނުފޫޒު ފޯރުވި ކަމަށް ކުރައްވާ ތުހުމަތުގެ ތަފުސީލު ދެއްވަމުން ޔާމީން ވިދާޅުވީ ހައިކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު މައްސަލައަށް ނުފޫޒު ފޯރުވި މީހުންނާއި ހައި ކޯޓުގައި މައްސަލަ ލަސްކުރި މީހުންނާއި ހައިކޯޓުގެ ފަނޑިޔާރެއް ފުރުވާލައިގެން އަޔަނުދީ ހިފެހެއްޓި މީހުން ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ޔާމީންއާ އެކު އެމަނިކުފާނުގެ ބޭފުޅުންގެ ގޮތުގައި އިދިކޮޅުގައި ތިއްބެވިއިރު، އެންމެ ބޮޑަށް ކުރި ތުހުމަތަކީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށެވެ. އަދި، އެމަނިކުފާނަކީ މައުސޫމު ބޭފުޅެއް ކަމަށް ތަކުރާރުކޮށް މިހާރު ޕީއެންސީގެ އިސްކޮށް ތިއްބެވި ބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވި އެވެ.

ނަމަވެސް ވެރިކަން ލިބިވަޑައިގަތުމަށްފަހު، ޕާޓީ ދެފަޅިވުމަށްފަހު މިހާރު އެ ވާހަކައިގެ ރާގު ބަދަލުވެ ޔާމީންގެ އެންމެ އަރިހުގައި ހުންނެވި، އަބްދުﷲ އަބްދުއްރަހީމް ވެސް ޔާމީނަށް މިދިޔަ ހަފްތާގައި ޕީއެންސީން ބޭއްވި ޖަލްސާގައި ވަގަށް ގޮވި އެވެ. ޔާމީނުގެ އެކައުންޓުގައި ހުރި ފައިސާއަކީ ކިހިނެއް ލިބުނު ފައިސާއެއްތޯ ރައްޔިތުންނަށް ސާފު ކޮށްދެއްވަންޖެހޭ ކަމަށް ވެސް އަބްދުއްރަހީމް އެރޭ ވިދާޅުވި އެވެ.