11 އޮގަސްޓު 2024 - 00:22 0
ލީވާން އަލީ ނާސިރު
އެލިއާއިން ބާއްވާ ބޯޓް އޮޕަރޭޓަސް ޓްރެއިނިން ޕްރޮގްރާމް ނިންމާލުން -- ފޮޓޯ: އެލިއާ
11 އޮގަސްޓު 2024 - 00:22 0
އެލިއާ އިންވެސްޓަމަންޓުން މޯލްޑިވްސް އިންސްޓިޓީއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާ ގުޅިގެން ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން ބޭއްވި ބޯޓް އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމްގެ އަށް ވަނަ އެޑިޝަން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ރާއްޖޭގައި އޮޕަރޭޓްކުރާ އެކި ރިސޯޓުތަކާއި، ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ އެކި މުއައްސަސާތަކުގެ 64 ބައިވެރިންނާއެކު ބޭއްވި އެ ޓްރެއިނިން ޕްރޮގްރާމުގައި ކެޕްޓަނުންގެ ހުނަރު ތަރައްގީކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނެވެ.
"މި ތަމްރީން ޕްރޮގްރާމްގެ ސަބަބުން ބައިވެރިންނަށް އެކި ބާވަތުގެ ސްޕީޑް ބޯޓުތަކުގައި އިތުބާރާއެކު ދަތުރުކުރުމަށް ބޭނުންވާ އަމަލީ ހުނަރުތަކާއި، ނެވިގޭޝަން ޗާޓް ރީޑިން އާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރަށް ފަސްޓް އެއިޑް، ފަޔާ ސޭފްޓީ އަދި އައުޓްބޯޑް އިންޖީނު ބެލެހެއްޓުމާއި މައްސަލަ ހައްލު ކުރުމުގެ އަމަލީ ސެޝަން ބޭއްވުނު،" އެލިއާއިން ބުންޏެވެ.
ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވި ކެޕްޓަނުންނަށް ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓު ވެސް ވަނީ ހަވާލުކޮށްފަ އެވެ.
އެލިއާއިން ބާއްވާ ބޯޓް އޮޕަރޭޓަސް ޓްރެއިނިން ޕްރޮގްރާމް ނިންމާލުން -- ފޮޓޯ: އެލިއާ
ޓްރެއިނިން ޕްރޮގްރާމްގެ ސަބަބުން ވަޒީފާގެ ދާއިރާގައި ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ބުނެ އެވެ.
ކަނޑުމަތީގެ ސަލާމަތާއި ޕްރޮފެޝަނިޒަމް އަދި އަމަލީ ތަމްރީނުތައް ހިމަނައިގެން ސިނާއަތުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، ތައްޔާރުކޮށްފައިވާ އެ ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިވި އެންމެންނަށް އެލިއާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެލިއާއިން ހިންގާ ތަފާތު ޓްރެއިނިންތަކުގެ ތެރެއިން ޖަޕާނުގެ ޔަމަހާ ޓެކްނިކަލް އެކަޑަމީއާ ގުޅިގެން ރާއްޖޭގައި ހިންގާ ފަސް ވަނަ ޔަމަހާ ޓެކްނިކަލް ޓްރެއިނިން 2024 ގައި ބައިވެރިވާން ވަނީ ހުޅުވާލައިފަ އެވެ.
މި އަހަރަކީ އެލިއާއިން ޔަމަހާ އައުޓްބޯޑް އިންޖީނު ރާއްޖެއަށް ތައާރަފްކުރިތާ 50 އަހަރު ފުރޭ ރަންޔޫބީލްއަށް ވާއިރު، އެ ކުންފުނިން އަންނަނީ މުޖުތަމައުއަށް ބޭނުންތެރި ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.
Comment