Advertisement

ޕޮންޒީ ސްކީމް މައްސަލައިގައި އަލްހާންގެ ތިން ބެއިންގެ ޝަރީއަތް ފަށައިފި

8 އޮގަސްޓު 2024 - 11:38 1

މޫސާ ނާޝިއު

މޫސާ ނާޝިއު

އަލްހާންގެ ތިން ބެއިން ކޯޓުގައި: މި ތިން މީހުންގެ މައްޗަށް ކުރަނީ ޓެކުމުގެ ދައުވާ -- ފޮޓޯ: ކްރިމިނަލް ކޯޓު ލައިވް ސްޓްރީމް


ޕޮންޒީ ސްކީމް މައްސަލައިގައި އަލްހާންގެ ތިން ބެއިންގެ ޝަރީއަތް ފަށައިފި

8 އޮގަސްޓު 2024 - 11:38 1

ޕޮންޒީ ސްކީމެއް ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮއެއްގެ މައްޗަށް ކުރާ ޓެކުމުގެ ދައުވާތަކުގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މި މައްސަލާގައި މ. ފިނިވާގެ 2 ނަންބަރު ބައި, އަލްހާން ފަހުމީ އަދި ކަމަށްވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ސަހުބާން ފަހުމީ ސަހުބާން ފަހުމީގެ އިތުރުން ސ. ފޭދޫ, ބޮންތި, ޝަޒްބާން ފަހުމީގެ މައްޗަށް އުފުލާފައި ވަނީ ޓެކުމުގެ 13 ދައުވާއެކެވެ.

އެއީ އެ މީހުން ހިންގި ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ފައިސާ ނަގައި އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި 13 މީހުންގެ ފަރާތުން ކޮންމެ މީހެއްގެ ބައިން ވަކި ދައުވާއެކެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ އެ ދައުވާތަކަށް ޖަވާބުދާރީވުމުގެ އަޑު އެހުމެވެ. ޖަވާބުދާރީ ވާން ލިބުނު ފުރުސަތުގައި އެ މީހުންގެ ގާނޫނީ ވަކީލު އަލީ ސައީދު ވިދާޅުވީ ވަކީލެއްގެ ގޮތުގައި ހަމަޖެހުނީ މިއަދު ހެނދުނު ކަމަށާއި ދައުވާގައި ސާފު ނުވާ ކަންތައްތަކެއް ހުރުމުން ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

ވަކީލު މިގޮތަށް އެދުމުން މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ އިސްމާއިލް ޝަފީއު ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ގާޒީ ޝަފީއު ވިދާޅުވީ އަންނަ މަހުގެ މެދުތެރޭ ނުވަތަ ފަހުކޮޅު މި މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެހާތަނަށް ދައުވާތަކަށް ޖަވާބުދާރީވާން ތައްޔާރުވުމަށެވެ.

މި މައްސަލައިގެ އެންމެ ފަހު އަޑުއެހުމެއް ބޭއްވީ މޭ މަހު 16، ގަ އެވެ. އެ ދުވަހުގެ އަޑުއެހުން ވަކީލަކު ނެތުމުގެ ސަބަބުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން އެ ތިން ބެއިން ހިންގާ ކިންގްސް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތައާރަފުކޮށް, ހިންގި އެ ސްކީމަށް އެކި މީހުން 98 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ އިންވެސްޓު ކުރި އެވެ.

ދައުލަތުން ތުހުމަތު ކުރަނީ އިންވެސްޓްމަންޓްގެ އެކި ޕެކޭޖްތަކުން މާލީ މަންފާއެއް ހޯދައިދޭނެ ކަމަށް ދައްކައިގެން، އާންމު އެކި މީހުން އަތުން އެކި އަދަދުތަކުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއިން ކޮށްދޭން އެއްބަސްވި ކަންތައް ނުކޮށްދީ ފައިސާ ޓަކައިފައިވާ ކަމަށެވެ.