Advertisement

އެމެރިކާއިން ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

5 އޮގަސްޓު 2024 - 15:15 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާއިން ރާއްޖެއަށް 8.5 މިލިއަން ޑޮލަރު ދޭން އެއްބަސްވުން -- ފޮޓޯ: ފޮރިން މިނިސްޓްރީ


އެމެރިކާއިން ރާއްޖެއަށް އިތުރު 8.5 މިލިއަން ޑޮލަރު ދޭން އެއްބަސްވެއްޖެ

5 އޮގަސްޓު 2024 - 15:15 0

ރާއްޖެއާއި އެމެރިކާއިން ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް 14 ވަނަ އިސްލާހު ގެނެސް، 8.5 މިލިއަން ޑޮލަރު ދޭން މިއަދު އެއްބަސްވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އިސްލާހުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދެވެ. އެމެރިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޔޫއެސްއޭޑީގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރައު އެވެ.

އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓްރީ އާއި ޔޫއެސްއޭއައިޑީ މިޝަން ޓު ދަ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފާއިތުވި އަހަރުތަކުގައި، ކަނޑައެޅިފައިވާ ފައިސާގެ އަދަދު މަޑުމަޑުން އިތުރުވަމުންގޮސް، އެ އިސްލާހުގެ ދަށުން އެއްބަސްވުމުގެ ޖުމްލަ އަގު 45.7 މިލިއަން ޑޮލަރަށް އިތުރުކޮށްފަ އެވެ.

އެ އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ އަދި ޑިމޮކްރެޓިކް ވެރިކަން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެކެވެ.