Advertisement

އަމިއްލަ ސްކޫލުތަކުގައި އޭ ލެވެލަށް ކިޔަވަން ސަރުކާރުން ފީ ދައްކާ އުސޫލަށް ކުއްލި ބަދަލެއް!

5 އޮގަސްޓު 2024 - 07:57 2

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭ ލެވެލް ކިޔަވާ ދަރިވަރަކު އިމްތިހާން ހެދުމަށް ދިޔުން: މިފަހަރު އޭ ލެވެލް ފީ ލިބޭނީ ހަމައެކަނި ސަރުކާރު ސްކޫލްތަކަށް ވަންނަ ދަރިވަރުންނަށް -- ފޮޓޯ: އަދަދު ފައިލް


އަމިއްލަ ސްކޫލުތަކުގައި އޭ ލެވެލަށް ކިޔަވަން ސަރުކާރުން ފީ ދައްކާ އުސޫލަށް ކުއްލި ބަދަލެއް!

5 އޮގަސްޓު 2024 - 07:57 2

އަމިއްލަ ސްކޫލްތަކުގައި ގްރޭޑު 11، 12 އަށް ކިޔެވުމަށް ސަރުކާރުން މި އަހަރު ފީ ދައްކާނީ, ސަރުކާރު ސްކޫލްތަކުގެ ޖާގަ ފުލްވެގެން އަމިއްލަ ސްކޫލުތަކަށް ދާންޖެހޭ ދަރިވަރުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ހިންގާ ސްކޫލްތަކުގައި އަލަށް އޭ ލެވެލް އަށް ކިޔަވަން ފަށާ ދަރިވަރުންގެ ތެރެއިން ސަރުކާރުން ފީ ދައްކާނީ ފަސް މާއްދާއިން ފާސްވެ، ސަރުކާރުގެ ސްކޫލަކުން ޖާގަ ނުލިބޭ ދަރިވަރުންގެ ތެރެއިން އަމިއްލަ ސްކޫލަށް ވަންނަން އެދޭ ދަރިވަރުންނަށެވެ.

ސެޕްޓެމްބަރު މަހު އޭ ލެވެލްގެ ކިޔެވުން ފަށާއިރު، ޕްރައިވެޓު ސްކޫލުތަކަށް ވަންނަން އެދޭ ދަރިވަރުންނަށް ސަރުކާރުން ފީ ދައްކާ އުސޫލު ބަދަލުކޮށް އެކަން އެ ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުރިން ވެސް އުސޫލު އޮތީ މިހާރު ވެސް އޮތް ގޮތަކަށް ކަމަށާއި، ނަމަވެސް މައްސަލައަކަށް ދިމާވީ އެ އުސޫލަށް މިހާތަނަށް ފުރިހަމަ އަށް އަމަލު ކުރެވި ނެތުން ކަމަށެވެ.

އަދަދު ނޫހާ ވާހަކަ ދެއްކި ބެލެނިވެރިންގެ ކަންބޮޑުވުމަކީ މާލޭގައި ހަދާ ސީއެޗްއެސްސީގެ އެނެކްސް އާއި އަސްލު ސީއެޗްއެސްސީގެ ފެންވަރުގެ ފަރަގު ބޮޑުވެދާނެތީ އެވެ.

"އެންމެ ފަހު ވަގުތު ނިންމުންތައް ބަދަލު ކުރުމަކީ މައްސަލައެއް. އަމިއްލަ ސްކޫލުތަކުން ފުރުސަތު ލިބޭނެ ކަމުގެ އުއްމީދުގައި ތިބީ. ނަމަވެސް މިހާރު އެ ވީގޮތް ވަރަށް ދެރަ،" ބެލެނިވެރިޔަކު ބުންޏެވެ.