Advertisement

އަލެގްރާ ބޭހުގެ ބެޗުތަކެއްގައި ކޮލިޓީގެ މައްސަަލަތަކެއް އުޅޭތީ ވިއްކުން މަނާކޮށްފި

4 އޮގަސްޓު 2024 - 10:21 0

މޫސާ ނާޝިއު

މޫސާ ނާޝިއު


އަލެގްރާ ބޭހުގެ ބެޗުތަކެއްގައި ކޮލިޓީގެ މައްސަަލަތަކެއް އުޅޭތީ ވިއްކުން މަނާކޮށްފި

4 އޮގަސްޓު 2024 - 10:21 0

ރޯގާ ޖެހުމުންނާއި އެލާޖިކް ވުމުން އާންމުކޮށް ބޭނުންކޮށް އުޅޭ އަލެގްރާގެ ތިން ބެޗެއްގައި ކޮލެޓީގެ މައްސަލަތަކެއް އުޅޭތީ، ބޭހުގެ އެ ބެޗުތައް ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ އަލެގްރާ ބޭހުގެ ތިން ބެޗެެއްގައި ކޮލެޓީގެ މައްސަލަތަކެއް ދިމާވެފައިވާ ކަމަށް އެ ބޭސް އުފައްދާ ކުންފުނިން އެލާޓްކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ތިން ބެޗުގެ ބޭސް ރާއްޖެ އެތެރެކޮށް ވިއްކުމާއި އަދި ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ކޮލެޓީގެ މައްސަލަ ފާހަގަކުރެވިފައިވާ ބެޗްތަކަކީ AL1223019, AL1223029 އަދި AL1223060 އެވެ.

މި ބޭހުގެ ކޮލެޓީ މައްސަލަ އުޅޭ ބެޗްގެ ބޭސް ފާމަސީތަކުގަ އާއި ބޭސް ގުދަންތަކާއި އަދި ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރިނަމަ އެ އޮތޯރިޓީއަށް އީމެއިލްގެ ޒަރީއާއިން އެންގުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ބޭހަކީ އިންޑިއާގެ ސަނޯފީ އިންޑިއާ ލިމިޓެޑް ކިޔާ ކުންފުންޏަކުން އުފައްދާ ބޭހެކެވެ. މި ބޭހުގެ ބާރުމިނަކީ 30މގ/5މލ އެވެ.