Advertisement

ސައުދީ އަރަބިއްޔާގެ ވޯލްޑް ކަޕް ބިޑް: އެއް ސްޓޭޑިއަމް 350 މީޓަރު މަތީގައި!

3 އޮގަސްޓު 2024 - 10:32 0


ސައުދީ އަރަބިއްޔާގެ ވޯލްޑް ކަޕް ބިޑް: އެއް ސްޓޭޑިއަމް 350 މީޓަރު މަތީގައި!

3 އޮގަސްޓު 2024 - 10:32 0

ރިޔާދު، ސައުދީ އަރަބިއްޔާ (އޮގަސްޓް 3) - ސައުދީ އަރަބިއްޔާގައި 2034 ވަނަ އަހަރު ބާއްވަން ބިޑްކޮށްފައިވާ ފީފާ ވޯލްޑް ކަޕް ހޯސްޓްކުރަން އަޅަން ނިންމާފައިވާ 11 ސްޓޭޑިއަމް ތެރޭގައި، ބިންމައްޗަށް ވުރެ، 350 މީޓަރު މަތީގައި އަޅާ ސްޓޭޑިއަމެއް ވެސް ހިމަނައިފި އެވެ.

އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް 2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވަން ސައުދީ އަރަބިއްޔާ އިން ކާމިޔާބުކުރި ބިޑްގެ ޕްލޭން ހުށަހަޅަން ފީފާ އިން ވަނީ ފުރުސަތު ދީފަ އެވެ. ސައުދީ އަރަބިއްޔާގެ ބިޑާ ވާދަކުރާނެ އިތުރު ގައުމެއް އަދި ނެތެވެ. ފީފާ އިން ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ބާއްވާ ކޮންގްރެސްގައި، ވޯލްޑް ކަޕްގެ ހޯސްޓުން ކަނޑައަޅާނެ އެވެ.

އެ ގޮތުން، ސައުދީން ވަނީ 11 ދަނޑެއް އަޅަން ނިންމައިފަ އެވެ. އޭގެ ތެރެއިން، އަށް ސްޓޭޑިއަމް އަޅަން ނިންމާފައިވަނީ ރިޔާދުގަ އެވެ. އެ ދަނޑުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ސްޓޭޑިއަަމަކަށްވާނީ، 92760 މީހުންގެ ޖާގައިގެ ކިންގް ސަލްމާން އިންޓަނޭޝަނަލް ސްޓޭޑިއަމް އެވެ. އެ ދަނޑަކީ، މުބާރާތުގެ ފުރަތަމަ މެޗާއި ފައިނަލް މެޗު ހޯސްޓްކުރާނެ ސްޓޭޑިއަމް އެވެ.

ވޯލްޑް ކަޕަށް ސައުދީން ޕްރޮޕޯސްކޮށްފައިވާ 350 މީޓަރު މަތީގައި އަޅާ ސްޓޭޑިއަމަކީ، ސައުދީގެ ވިޝަން 2030 ޕްރޮޖެކްޓްގައި ހިމެނޭ ނިއޯމް ސިޓީގައި، އަޅާ ދަނޑެކެވެ. އެ ދަނޑަށް ދަތުރުފަތުރު ހަމަޖައްސަން ގަސްދުކުރަނީ، ހައި ސްޕީޑް ލިފްޓްތަކާއި ޑްރަވާލެސް، އޮޓޮމޭޓެޑް ކާރުތަކުންނެވެ.

ފީފާ އިން 2026 އިން ފެށިގެން 48 ގައުމުގެ މެދުގައި ވޯލްޑް ކަޕް ބާއްވާއިރު، ސައުދީ އަރަބިއްޔާ ވެގެންދާނީ، އެންމެ ގައުމަކުން، އެ ވޯލްޑް ކަޕް ހޯސްޓްކުރާނެ ފުރަތަމަ ގައުމަށެވެ.