Advertisement

ހަނިމާދޫ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މުވައްޒަފަކު ހައްޔަރުކޮށްފި

3 އޮގަސްޓު 2024 - 06:18 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ހަނިމާދޫ އެއާޕޯޓުގައި މާރާމާރީ ހިންގި ބިދޭސީ މުވައްޒަފަކު ހައްޔަރުކޮށްފި

3 އޮގަސްޓު 2024 - 06:18 0

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރާ ދެ ބިދޭސީ މުވައްޒަފުން "ހަތިޔާރު" ބޭނުންކޮށްގެން މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އެކަކު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެ މާރާމާރީގެ ރިޕޯޓު ފުލުހަށް ލިބުނީ ރޭ އަށެއް ޖަހާކަށް ހާއިރު އެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށާއި، މާރާމާރީގައި އަނިޔާ ލިބުނީ އިންޑިއާގެ 39 އަހަރުގެ ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.