Advertisement

މީޑިއާ ކައުންސިލުން "ދެންމެ" ވެބްސައިޓް ބްލޮކްކުރަން ހުށަހަޅަން ނިންމައިފި

1 އޮގަސްޓު 2024 - 18:25 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: ޕްރިންޓް އަދި އޮންލައިން މީޑިއާތަކަށް ފާރަވެރިވަނީ މި ކައުންސިލުން -- ފޮޓޯ: މީޑިއާ ކައުންސިލް


މީޑިއާ ކައުންސިލުން "ދެންމެ" ވެބްސައިޓް ބްލޮކްކުރަން ހުށަހަޅަން ނިންމައިފި

1 އޮގަސްޓު 2024 - 18:25 1

އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ލިޔުންތައް ޝާއިރު ކުރާ ކަމަށް ސާބިތުވާތީ "ދެންމެ" ވެބްސައިޓް ބްލޮކް ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން މީޑިއާ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މީޑިއާ ކައުންސިލުން ބުނީ އެ ވެބްސައިޓު ބްލޮކް ކުރަން ނިންމީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ލިޔުންތައް އެ ވެބްސައިޓުގައި ޝާއިއު ކުރަމުން ދާތީ، އެކަން އެގޮތަށް ނުކުރަން އިންޒާރު ދީފައި ވަނިކޮށް ވެސް ތަކުރާރުކޮށް އެކަން ކުރަމުން ދިޔުމާ ގުޅިގެން ކަމަށެވެ.

މިއީ އެ ކައުންސިލުން އަމިއްލައަށް އިސްނަގައިގެން ބަލަން ފެށި މައްސަލައެއް ކަމަށް ވެސް މީޑިއާ ކައުންސިލުން ބުނެފައިވެ އެވެ. އެ މައްސަލަ ކައުންސިލުގެ ޝަކުވާ ކޮމިޓީން ބަލަން ފެށީ އޯގަސްޓް، 2023 ގަ އެވެ.

މި މައްސަލަ ބަލަމުންދިޔައިރު އެއީ ހިންގާ ވެރިފަރާތެއް ނޭގޭ ގޮތަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެއް ނޫންކަން ފާހަގަކުރެވި، ކުރިން މީޑިއާތަކަށް ވެސް މިކަން ހާމަކޮށްފައިވެ އެވެ.

މީޑިއާ ކައުންސިލުން ބުނީ އެ ވެބްސައިޓުގައި މިންގަނޑަށް ނުފެތޭ ލިޔުންތައް ނުލިޔަން ފުރަތަމަ އެންގުމުން އެކަމަށް އިޖާބަދީ ދުވަސްކޮޅެއް ވަންދެން އެފަދަ ލިޔުންތައް ނުގެންނަ ކަމަށެވެ. ނަމަވެސް، ފަހުން އަނެއްކާ ވެސް އެފަދަ ލިޔުންތައް ތަކުރާރުކޮށް ގެންނަން ފެށިކަން ޝަކުވާ ކޮމިޓީއަށް ފާހަގަކުރެވުނު ކަމަށް އެ ކައުންސިލުން ބުންޏެވެ.

ޝަކުވާ ކޮމިޓީއަށް ފާހަގަވި ކަންތައްތައް:

  • އެހެން ހަބަރުތައް ޝާއިރު ކުރާއިރު ބޭއަދަބީ ބަސްތައް ބޭނުން ކުރުމާއި މީހުންގެ އަބުރަށް ބެލުމެއް ނެތި ލިޔުންތައް ލިޔުން
  • އެއީ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ލިޔުންތަކަކަށް ވާއިރު ސޯޝަލް މީޑިއާ އިންޓެރެކްޝަން 200 އަށްވުރެ ގިނައިން ހުރިކަން. އެހެންވެ އެފަދަ އިޖުތިމާއީ މިންގަނޑާ ހިލާފު ލިޔުންތައް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައުރުވާކަން ފާހަގަކުރެވޭ.
  • އާންމު އިޖުތިމިއާއި މިންގަނޑާ ހިލާފު ލިޔުންތައް އާންމުކުރާ މިންވަރު ބެލިއިރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު މަދުވެގެން އެފަދަ އެއް ލިޔުން އާންމުކުރޭ.

މިއީ މޯލްޑިވްސް މީޑިއާ ކައުންސިލުން މި ފަހުގެ ތާރީހެއްގައި މިގޮތަށް ބްލޮކް ކުރަން އެންގި ފުރަތަމަ ވެބްސައިޓެވެ.