Advertisement

ހުޅުމާލޭ ދުވާރުގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ނަގަން ފަހު ފުރުސަތު

1 އޮގަސްޓު 2024 - 19:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހުޅުމާލޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުން: އެޗްޑީސީން ވަނީ އޯގަސްޓް، 10 ގެ ކުރިން އެތަކެތި ނަގަން އަންގާފައި -- ފޮޓޯ: އެޗްޑީސީ


ހުޅުމާލޭ ދުވާރުގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ނަގަން ފަހު ފުރުސަތު

1 އޮގަސްޓު 2024 - 19:54 0

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި އަދި ހެޖު ތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒު ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނެއްކާ ވެސް އެދިއްޖެ އެވެ.

ދުވާރުމައްޗާއި ހެޖު ތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކޮށް ހިދުމަތް ނުދިނުމަށް އެޗްޑީސީން ނޮވެމްބަރު، 15، 2023 ގައި އަދި ޖުލައި، 23، 2024 ގައި އެދުނު ނަމަވެސް، ގިނަ ފަރާތްތަކުން އެކަމަށް އިޖާބަ ދީފައެއް ނުވެ އެވެ.

މިއާއެކު އެޗްޑިސީން މިހާރު އެދިފައި ވަނީ ގޮނޑިއާއި މޭޒު އޯގަސްޓް، 10 ވާ ހޮނިހިރު ދުވަހުގެ ކުރިން ނެގުމަށެވެ. އެގޮތަށް އަމަލު ނުކޮށްފިނަމަ އެތަކެތި ނަގައި، އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކާއެކު ކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އޭގެ އިތުރުން އެ މަސައްކަތް ކުރުމުގެ ތެރޭގައި މުދަލަށް ލިބޭނެ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި ދުވާރުމައްޗާއި ހެޖު ތެރޭގައި ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ހަނދުމަކޮށްދިނެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ފޭސް ޓޫގައި މިގޮތަށް ހުއްދަ ނުނަގައި، ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތް ދެމުން ދިޔަ ހަޓުތަކެއް ވެސް ބަންދުކޮށް، އެ ސަރަހައްދު ސާފުކޮށްފަ އެވެ. އޭގެ ކުރިން ހިޔާ ސަރަހައްދުގައި މީހުން އާބާދުވީ ދުވަސްވަރު ވެސް މިހެން ހެދި ހަޓުތަކެއް އެ ކޯޕަރޭޝަނުން ނެގި އެވެ.