Advertisement

އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ދެ އަހަރުން: ފެނަކަ

1 އޮގަސްޓު 2024 - 11:46 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު: އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުވާނީ ދެ އަހަރުން ކަމަށް ވިދާޅުވި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ދެ އަހަރުން: ފެނަކަ

1 އޮގަސްޓު 2024 - 11:46 1

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ދެ އަހަރު ބޭނުންވާ ކަމަށް އެ ސިޓީއަށް ކަރަންޓު ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އައްޑޫ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ޗައިނާގެ ޑީއީސީ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއު ނިމުމުން ކަމަށާއި އެ ޕްރޮޖެކްޓު ދެ އަހަރެއްހާ ދުވަސް ތެރޭގައި ނިމޭނެ ކަމަށެވެ.

އައްޑޫގައި 18 ވަރަކަށް ޖެނަރޭޓަރު ބަހައްޓައިގެން ކަރަންޓު ދިނުމުގައި މައްސަލަތައް ދިމާވަނީ އެ ޖެނެރޭޓަރުތައް މެއިންޓެއިން ނުކުރުމުގެ ސަބަބުން ކަމަށް މުއާޒް ވިދާޅުވި އެވެ.

"އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކާ ވެސް އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރަމުން ގެންދަން މެނޭޖްމަންޓުގެ ފަރާތުން. އޭގެ ތެރޭގައި ޗައިނާގެ ކުންފުންޏަކާ އެކީގައި އެއްބަސްވެގެން އިރާދަކުރެއްވިއްޔާ ދެ އަހަރު ތެރޭގައި އެ ޕްރޮޖެކްޓް ނިމުމުން އައްޑޫގެ ކަރަންޓަށް ދިމާވެފައި މިއޮތް މައްސަލަ އެއްކޮށް ދާއިމީ ހައްލެއް ލިބިގެންދާނީ،" އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ އެކަން ހައްލު ކުރުމަށް ބޭނުންވާ ސްޕެއާތައް ހޯދުމާއި، ޖެނެރޭޝަން ކެޕޭސިޓީ އިތުރު ކުރުމާއި، ހަލާކުވާ ޖެނެރޭޓަރުގެ ބަދަލުގައި އިތުރު ޖެނެރޭޓަރުތައް އައްޑޫއަށް ފޮނުވުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށެވެ.

އޭގެއިތުރުން ހިންނަވަރުގައި ފެނުމުގެ މައްސަލައާއި ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މައްސަލައިގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ވެސް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.