Advertisement

ނައިޖީރިއާގެ އެތުލީޓު އޮފިލީގެ ނަން އޮލިމްޕިކްސް އިވެންޓްގައި ނެތް މައްސަލަ ހޫނުވެ، ރަސްމީ އިދާރާތަކަށް ފާޑުކިޔުންތަކެއް

1 އޮގަސްޓު 2024 - 08:21 0

ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި އޮފިލީ ދުވަނީ.---- ފޮޓޯ: ގެޓީއިމޭޖަސް


ނައިޖީރިއާގެ އެތުލީޓު އޮފިލީގެ ނަން އޮލިމްޕިކްސް އިވެންޓްގައި ނެތް މައްސަލަ ހޫނުވެ، ރަސްމީ އިދާރާތަކަށް ފާޑުކިޔުންތަކެއް

1 އޮގަސްޓު 2024 - 08:21 0

ޕެރިސް (އޮގަސްޓް 1) - ނައިޖީރިއާގެ ހުނަރުވެރި އެތުލީޓު، ފޭވޯ އޮފިލީގެ ނަން، މި ފަހަރުގެ އޮލިމްޕިކްސްގެ 100 މީޓަރު ރޭހުގެ ސްޓާޓް ލިސްޓުގައި ނެތް މައްސަލަ ހޫނުވެ، ނައިޖީރިއާގެ އެތުލެޓިކްސް ފެޑެރޭޝަން (އޭއެފްއެން) އާއި ނައިޖީރިއާގެ އޮލިމްޕިކް ކޮމިޓީ އަށް އޮފިިލީ ފާޑުކިޔައިފި އެވެ.

އޮފިލީ، 21، އަކީ އެންމެ ފަހުން ބޭއްވި ކޮމަންވެލްތު ގޭމްސްގެ 200 މީޓަރު އިވެންޓުން ރިހި މެޑަލް އަދި 4 ގުނަ 100 މީޓަރު ރިލޭ އިން ނައިޖީރިއާ އިން ރަން މެޑަކް ހޯދި ޓީމުގެ މެމްބަރެކެވެ. މި ފަހަރުގެ އޮލިމްޕިކްސް އަށް އޮފިލީ ތައްޔާރުވީ، ތިން އިވެންޓަކަށެވެ. އެއީ، 100 މީޓަރާއި 200 މީޓަރު ދުވުމުގެ އިތުރުން 4 ގުނަ 100 މީޓަރު ރިލޭ އެވެ.

މާދަމާ އޮތް، 100 މީޓަރު ހީޓުތަކުގެ ލިސްޓު އާންމުކުރިއިރު، އޮފިލީގެ ނަން ނެތެެވެ. އޭނާ އަށް ލިބުނު ޖަވާބަކީ ރަޖިސްޓްރީކޮށްފައި ނެތް ކަމެވެ.

"އަހަރެން ހަތަރު އަހަރު މި މަސައްކަތް ކުރެވުނީ ދެން ކޮން ކަމަކަށް؟" އޮފިލީ، ކަންބޮޑުވުންތައް ހިއްސާކުރުމަށް ސޯޝަލް މީޑިއާގައި ލިޔެފައިވެ އެވެ.

ނައިޖިރީއާ އެތުލެޓިކް ފެޑެރޭޝަނާއި އިންޓަނޭޝަނަލް އެތުލެޓިކްސް ފެޑެރޭޝަންގެ ދެމެދުގައި، އަންނަނީ އޮފިލީގެ މި މައްސަލައިގައި މުއާމަލާތްތަކެއް ހިނގަމުންނެވެ.

ނައިޖީރިއާ އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، ސޮލޮމޮން އޮގްބާ ވިދާޅުވީ، އެ ގައުމުގެ ޓްރަޔަލްސްތަކުން، އޮފިލީ ކޮލިފައިވި ކަމަށާއި އެ މައުލޫމާތުތައް އިންޓަނޭޝަނަލް ފެޑެރޭޝަނަށް ވެސް ފޮނުވުނު ކަމަށެވެ. ދެން، އިވެންޓްގައި ނެތް މައްސަލަ މި ކުރިމަތިވި ގޮތެއް ބަލަން ޖެހޭނެ ކަމަށް ސޮލޮމޮން ވިދާޅުވި އެވެ.

އެކަމަކު، ވޯލްޑް އެތުލެޓިކްސް ފެޑެރޭޝަނުން ބުނެފައިވަނީ، އޮފިލީ ރަޖިސްޓްރީ ކޮށްފައި އޮތީ، ހަމައެކަނި، 200 މީޓަރު ދުވުމާއި 4 ގުނަ 100 މީޓަރު ރިލޭ އަށް ކަމަށެވެ.

މި މައްސަލައިގައި ނައިޖީރިއާގެ ސްޕޯޓްސް މިިނިސްޓަރު، ޖޯން އޮވާން އިނޯ ވިދާޅުވީ، މި މައްސަލައިގެ ތަހުގީގެއް ހިންގައި، އިހުމާލުވެފައިވާނަމަ އެ ފަރާތްތަކެއް ބަލައި، ޒިންމާނަގަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އޮފިލީ ބުނީ، އޭނާ އަށް މި ދިމާވި ކަންތައްތަކުގެ ފުރިހަމަ ތަހުގީގެއް ހިނގައި، ޒިންމާ އަދާނުކުރި ފަރާތްތަކާ މެދު ފިޔަވަޅު ނާޅައިފިނަމަ، ނައިޖީރިއާގެ ކުޅިވަރު ކަންކަން ބަލަހައްޓަން ތިބި ފަރާތްތަކާ މެދު މުސްތަގުބަލުގައި ގިނަ އެތުލީޓުން އިތުބާރު ނުކުރާނެ ކަމަށެވެ.