31 ޖުލައި 2024 - 15:24 0
ސާއިފް ޝިޔާދު
31 ޖުލައި 2024 - 15:24 0
މިދިޔަ ސަރުކާރުގެ ދުވަސްވަރު އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު
މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް މިކަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާނެވެ.
އެކަން ކޮމިޓީއަށް ހުށަހަޅުއްވަމުން މަމްދޫހު ވިދާޅުވީ 2018 އިން 2023 އަށް ދެ ބިލިއަނަށް ވުރެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ.
"ބަދަލުގެ ގޮތުގައި ރަނގަޅު ބަދަލުތައް ދެވިފައި ހުންނާނެ. އެހެން ނަމަވެސް މިހާ ބޮޑު އަދަދެއް ރައްޔިތުންގެ ފައިސާއިން ބަދަލުގެ ގޮތުގައި ދެވިފައި އޮތްއިރު އެބަ ޖެހޭ ބަލައިލަން ބަދަލުގެ ގޮތުގައި ދީފައި ވަނީ ކޮންގޮތަކަށްތޯ," މަމްދޫހު ވިދާާޅުވި އެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ފާހަގަކުރެއްވި ގޮތުގައި މިއީ ވަކި ބަޔަކަށް ޓާގެޓުކޮށްގެން ކޮމިޓީން ބަލަން ނިންމި ކަމެކެވެ.
"ޖީއެމްއާރު ބޭރުކުރި މައްސަލައާއި, އެހެން މައްސަލަތަކާއި މި ހުރިހާ ކަމެއް ހިނގާފައި ވަނީ ރަނގަޅަށްތޯ ބަލަމާ. އަދި އެމްޑީޕީގެ ކުރީގެ ސަރުކާރާ ޔާމީން ސަރުކާރާ, ބަދަލު ދިނުން ހިނގާފައި އޮތީ ރަނގަޅަށްތޯ ބަލަން ހިނގާ. އެވަރު ގަޓު ހުންނަން ޖެހޭނެ. ވަކި ތާރީހެއް ޖަހައި ވަކި އެއްޗެއްގެ ވަކި މީހެއްގެ ގައިގައި ހިފަން އުޅެގެން ނުވާނެ," އޭނާ ވިދާޅުވި އެވެ.
އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގައި އިންނަވާ އެމްޑީޕީގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ފިޔަވައި ދެން ބައިވެރިވި މެންބަރުންގެ ވޯޓާއެކު އެވެ.
އެކި މަސްދަރުތަކުން ލިބެން ހުރި މައުލޫމާތަށް ބަލާއިރު، އެމްޑީޕީގެ ދެވަނަ ސަރުކާރުގެ ފުރަތަމަ ހަތަރު އަހަރުގެ ތެރޭގައި (އެއީ 2019-2022 އަށް) ބަދަލުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ހަރަދުވި ފައިސާއާ އެކީ ފަސް އަހަރުގެ ތެރޭ އެ އަދަދު ދެ ބިލިއަން ފަހަނައަޅައި ގޮސްފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment