Advertisement

އޮލިމްޕިކްސް ފުޓްބޯޅައިގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސްގެ ކުރިމަތިލުމެއް

31 ޖުލައި 2024 - 09:15 0

ފްރާންސް ޓީމުގެ މަޓޭޓާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ


އޮލިމްޕިކްސް ފުޓްބޯޅައިގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި ފްރާންސްގެ ކުރިމަތިލުމެއް

31 ޖުލައި 2024 - 09:15 0

ޕެރިސް (ޖުލައި 31) - މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓްބޯޅައިގެ ކުއާޓާ ފައިނަލުގައި މުބާރާތް ބާއްވާ ގައުމު ފްރާންސާއި ދެ ފަހަރު ރަން މެޑަލް ހޯދައިފައިވާ އާޖެންޓީނާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

މޮރޮކޯ އަތުން އާޖެންޓީނާ ފުރަަތަމަ މެޗުގައި ބަލިވި ނަމަވެސް ދެން ކުޅުނު ދެ މެޗުން މޮޅުވެ، ގްރޫޕްގެ ދެ ވަަނައިގެ ގޮތުގައި ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. އާޖެންޓީނާ އިން ރޭ ގްރޫޕް ފަހު މެޗުގައި ޔޫކްރެއިން ބަލިކުރީ 2-0 އިންނެވެ.

ތިއަރީ އޮންރީ ކޯޗުކޮށްދޭ ފްރާންސް އިން ގްރޫޕް ސްޓޭޖު ނިންމާލީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، ތިން މެޗުން ވެސް މޮޅުވެގެންނެވެ. ރޭ ކުޅުނު ގްރޫޕް ފަހު މެޗުން، ފްރާންސް އިން ނިއު ޒީލެންޑް ބަލިކުރީ 3-0 އިންނެވެ.

ހަވިއޭ މަޝެރާނޯ ކޯޗުކޮށްދޭ އާޖެންޓީނާ އިން ކުއާޓާ ފައިނަލުގައި ފްރާންސާ ކުޅޭއިރު، މި މެޗަށް ގިނަ ސަޕޯޓަރުންގެ ސަމާލުކަން ހުއްޓޭނެ އެވެ. ސަބަބަކީ، ދާދި ފަހުން، އާޖެންޓީނާ އިން ކޮޕަ އެމެރިކާ ކާމިޔާބު ކުރުމަށް ފަހު، އުފާފާޅުކުރުމުގެ ތެރޭގައި ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލި މައްސަލައިގައި ދެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ކުޅުންތެރިންގެ މެދުގައި ވަނީ މައްސަލަ ގޯސްވެފަ އެވެ.

އޮލިމްޕިކްސްގައި ކުޅޭ އާޖެންޓީނާ ޓީމުގެ ކެޕްޓަނަކީ، ނިކޮލަސް އޮޓަމެންޑީ އެވެ. އަދި ފްރާންސް ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެނީ އަލެކްސަންޑަ ލަކަޒޭޓް އެވެ.

ކުއާޓާ ފައިނަލުގެ އެހެން މެޗުތަކަށް ބަލާއިރު، މިސްރު ކުޅެނީ ޕެރަގޫއޭއާ އެވެ. މޮރޮކޯ އިން އެމެރިކާއާ ބައްދަލުކުރާއިރު، ސްޕެއިން ނުކުންނަން ޖެހެނީ ޖަޕާނާ ދެކޮޅަށެވެ.