Advertisement

ޔޫރޯ ސްކޮޑުން ފުރުސަތު ގެއްލުމަކީ ގްރީލިޝްގެ ކެރިއަރުގެ ބޮޑު ވެއްޓުން

30 ޖުލައި 2024 - 21:01 0


ޔޫރޯ ސްކޮޑުން ފުރުސަތު ގެއްލުމަކީ ގްރީލިޝްގެ ކެރިއަރުގެ ބޮޑު ވެއްޓުން

30 ޖުލައި 2024 - 21:01 0

ލަންޑަން (ޖުލައި 30) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ފައިނަލް ސްކޮޑުން އޭނާ އަށް ފުރުސަތު ގެއްލިގެންދިޔަ ދިއުމަކީ މިހާތަނަށް ފުޓްބޯޅަ ކެރިއަރުގައި ކުރިމަތިލި އެންމެ ހިތްދަތި ތަޖުރިބާ ކަމަށް އިނގިރޭސި މިޑްފީލްޑަރު، ޖެކް ގްރީލިޝް ބުނެފި އެވެ.

އިންގްލެންޑުން ޔޫރޯ އަށް ނެގި އެންމެ ފުރަތަމަ ސްކޮޑުން، ގްރީލިޝް، 28، އަށް ޖާގަ ލިބުނެވެ. ގްރީލިޝް ވަނީ ޔޫރޯ އަށް ތައްޔާރުވާން އިންގްލެންޑުން ކުޅުނު އެންމެ ފަހު މެޗުގައި، ބަދަލަކަށް އަރައި ކުޅެފަ އެވެ. އެކަމަކު، އިންގްލެންޑްގެ އޭރުގެ ކޯޗު، ގަރެތު ސައުތުގޭޓް، ޔޫރޯ އަށް 26 ކުޅުންތެރިންނަށް ސްކޮޑު ފައިނަލް ކުރިއިރު، ގްރީލިޝް ވަނީ ބާކީވެފަ އެވެ.

"ޗުއްޓީގައި އުޅުނުއިރު ކޮންމެ ފަހަރަކު ޓީވީ ހުޅުވާލީމަ ނޫނީ ފޯނު ބަލާލީމަ މި ފެންނަނީ އެ މުބާރާތު (ޔޫރޯ)ގެ ކޮންމެ ވެސް ކަމެއް. އެ ނުބަލައި ހުންނަން ވެސް ވަރަށް އުނދަގޫ ހަގީގަތުގައި،" އިންގްލެންޑަށް 36 މެޗު ކުޅެދީފައިވާ ގްރީލިޝް ބުންޏެވެ.

"ވަރަށް ބޮޑު ހަގީގަތެއް، އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި ކުރިމަަތިލި އެންމެ ހިތްދަތި ވަގުތަކީ، ޔޫރޯ ސްކޮޑުން ބާކީވުން،"

ގްރީލިޝް ބުނީ، ކުރިމަތިލާން ޖެހުނު ހަގީގަތުން ފިލާވަޅު ނަަގައިގެން މިހާރު ތައްޔާރުވަމުން އަންނަނީ ކުރިމަތީގައި އޮތް ސީޒަނަށް ކަމަށާއި އުންމީދަކީ ކުރިއަށް އޮތްތަނުގައި ބޭނުންވާ ޓާގެޓްތަކަށް ވާސިލްވުން ކަމަށެވެ.

އިންގްލެންޑުން 2021 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި އެ ގައުމުގައި ކުޅެގެން، އިޓަލީ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވިއިރު، ގްރީލިޝް އިންގްލެންޑަށް ކުުޅުނެވެ. އެ ފައިނަލް ނިމުނުތާ އެއް މަސް ފަހުން، އެސްޓަން ވިލާ ދޫކޮށް ގްރީލިޝް، މެންޗެސްޓާ ސިޓީ އަށް ބަދަލުވީ، އެއިރު އިނގިރޭސި ރެކޯޑް ފީ އަކަށެވެ. ސިޓީން ވަނީ ގްރީލިޝް ގަންނަން 130 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.