Advertisement

ރިސޯޓު މުވައްޒަފުންނަށް ހަފްތާއެކު ދެ އޮފް ދުވަސް ދިނުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

30 ޖުލައި 2024 - 15:08 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދުގެ މަޖިލިސް ޖަލްސާގައި މަޓޭ ވާހަކަ ދައްކަވަނީ. އޭނާއަކީ އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރައްވާ ބޭފުޅެއް --- ފޮޓޯ: މަޖިލިސް އިދާރާ


ރިސޯޓު މުވައްޒަފުންނަށް ހަފްތާއެކު ދެ އޮފް ދުވަސް ދިނުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި

30 ޖުލައި 2024 - 15:08 0

ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒިފާއާ ބެހޭ ގާނޫނުގެ ދަށުން ހަފްތާއެކު ދެ އޮފް ދުވަސް ދިނުމަށް ކަނޑައެޅުމަށް އެ ގާނޫނަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ވަޒިފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން މަޓޭ ވިދާޅުވީ ގާނޫނުން ކަށަވަރު ކޮށްދޭ ހައްގުތައް މުވައްޒަފުންނަށް ނުދެވޭނަމަ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއް ނެތް ކަމަށެވެ.

"އަޅުގަނޑު ހުށަހަޅާލަން ބޭނުންވޭ ވަޒީފާއާ ބެހޭ ގާނޫނަށް, ހަފްތާއެކު ދެ ދުވަސް, ހާއްސަކޮށް ޓޫރިސްޓު ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އޮފް ދުވަހުގެ ގޮތުގައި ކަނޑައެޅުމަށް," އެކަން ހުށަހަޅުއްވަމުން މަޓޭ ވިދާޅުވި އެވެ.

އެގޮތުން, އެ މުވައްޒަފުން އާއިލާއާ ދުރުގައި ގިނަ ދުވަސްތަކެއް ހޭދަކުރާ ކަމަށާއި ދެ ދުވަސް ދޭނަމަ އޭގެ ތެރެއިން އެއް ދުވަސް އެއްކޮށްގެން ދެ މަސް ދުވަސް ފުރިހަމަވުމުން އަށް ދުވަސް އެ މުވައްޒަފުންނަށް ލިބޭނެ ކަމަށް މަޓޭ ފާހަގަކުރެއްވި އެވެ.

"މިހާރު ވަޒީފާއާ ބެހޭ ގާނޫނުގައި އޮންނަ ގޮތުން އޮފް ޑޭ އެކިއުމިލޭޓް (އެއްކުރުމުގެ) އިހުތިޔާރު މި އޮންނަނީ ވަޒީފާ ދޭ ފަރާތްތަކަށް ދޫކޮށްލާފައި. ވަޒީފާ ދޭ ފަރާތުން ބޭނުންވެއްޖެ ކަމަށްވާނަމަ އޮފް ޑޭ އެކިއުމިލޭޓް މި ކުރެވެނީ. އެހެން އޮތް އޮތުން ބަދަލުކޮށް އޮފް ޑޭ އެކިއުމިލޭޓް ކުރުން ލާޒިމުކުރަން ޖެހޭ," ޓޫރިޒަމް މަސައްކަތްތެރިންގެ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާ މަޓޭ ވިދާޅުވި އެވެ.

އޭގެ އިތުރުން, މިއަހަރުގެ މިހާތަނަށް މިނިމަމް ވޭޖު ބޯޑުގެ ބައްދަލުވުމެއް ބާއްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި, ވަޒީފާއާ ބެހޭ ގާނޫނުން މަތިކޮށްފައިވާ ކަންކަން ތަންފީޒު ކުރުމަށް ލޭބަރުންގެ ކަންކަން ބަލަހައްޓަވާ މިނިސްޓަރަށް މަޓޭ ގޮވާލެއްވި އެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި އާންމު ގޮތެއްގައި މުވައްޒަފުންނަށް ދެނީ ހަފްތާއެކު އެއް އޮފް ދުވަހެވެ. އޮފް ދުވަސްތައް އެއްކުރުމަށްފަހު މުވައްޒަފުންނަށް ދިނުމުގެ އިހުތިޔާރު އޮންނަނީ ރިސޯޓުތަކަށެވެ.