Advertisement

ކައުންސިލު ބައި-އިލެކްޝަންތަކުގެ ދޭތެރެ ދުރުކުރަން ގާނޫނު އިސްލާހުކުރަނީ

29 ޖުލައި 2024 - 10:44 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަން ގައި ބަޔަކު ވޯޓުލަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ކައުންސިލު ބައި-އިލެކްޝަންތަކުގެ ދޭތެރެ ދުރުކުރަން ގާނޫނު އިސްލާހުކުރަނީ

29 ޖުލައި 2024 - 10:44 1

ލޯކަލް ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ ކުރިން މެންބަރުކަމުގެ މަގާމު ހުސްވުމުން ބާއްވަން ޖެހޭ ބައި-އިލެކްޝަންތައް ލަސްކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނު ބަދަލުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ހުށަަހެޅުއްވި ބިލުގައި ބައި-އިލެކްޝަންތައް ބޭއްވުމާ ބެހޭ ބަޔަށް މައިގަނޑު ދެ ބަދަލެއް އެބަ އޮތެވެ.

އެއް ބަދަލަކީ ކައުންސިލެއްގެ ގޮނޑިއެއް ހުސްވާ ތާރީހުން ފެށިގެން ބައި-އިލެކްޝަން ބާއްވަން އޮންނަ މުހުލަތު ދިގުކުރުމެވެ. އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު އޮތް ގޮތުން ކައުންސިލެއްގެ ގޮނޑިއެއް ހުސްވިކަން އިލެކްޝަންސް ކޮޮމިޝަނަށް އަންގާތާ 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަން ޖެހެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވި ބިލު ގާނޫނަކަށް ވުމުން، އެ މުއްދަތު 183 ދުވަހަށް އިތުރުވާނެ އެވެ.

ދެވަނަ ބަދަލަކީ ކައުންސިލެއްގެ ގޮނޑިއެއް ހުސްވާ އިރު ދައުރު ނިމެން އޮންނަ މުއްދަތު އަހަރެއް، ނުވަތަ އެއަށް ވުރެ ކުރު ނަމަ ބައި-އިލެކްޝްން ބާއްވައިގެން ނުވާނެ ކަމަށް ގާނޫނުގައި މިހާރު އޮތް އޮތުން، އީސީގެ އިހުތިޔާރަށް ދޫކޮށްލުމެވެ. ބިލުގައި އޮތީ އެ ހާލަތުގައި އިންތިހާބު ބޭއްވުން ލާޒިމު ނޫން ކަމަށެވެ.