Advertisement

މިދިޔަ ދެ ހަފުތާގައި މަސްވެރިން ކިރި މަހަށް މިފްކޯއިން ފައިސާ ދޫކޮށްފި

28 ޖުލައި 2024 - 21:06 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވިއްކުމަށްޓަކައި މާލެއަށް މަސްވެރިން މަސް ބާލަނީ -- ފޮޓޯ: އަދަދު ފައިލް


މިދިޔަ ދެ ހަފުތާގައި މަސްވެރިން ކިރި މަހަށް މިފްކޯއިން ފައިސާ ދޫކޮށްފި

28 ޖުލައި 2024 - 21:06 0

މިދިޔަ ދެ ހަފުތާގައި މަސްވެެރިން ބޭނި މަހަށް މިފްކޯއިން 2.1 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

މިފްކޯއިން ބުނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް 136 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ކިރާފައިވާ ކަމަށެވެ.

އެ މަހަށް ވާ ފައިސާ މިފްކޯއިން ދޫކޮށްފައި ވަނީ މިއަދު އެވެ. އެ ފައިސާ އާއެކު މި ސަރުކާރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ 854،488،519ރ. އަށް އަރައިފަ އެވެ. މިފްކޯއިން ބުނީ މަސްވެރިން ބާނާ މަހަށް ދެ ހަފުތާ ތެރޭގައި މިހާރު ފައިސާ ދޫކުރެވޭ ކަމަށެެވެ.

"ދިވެހި ސަރުކާރާއި ފިޝަރީޒް މިނިސްޓްރީގެ އެހީތެރިކަމާއެކު މިދުވަސްވަރު މަސްވެރިން ބާނާ މަހަށް ދެ ހަފްތާގެ ތެރޭގައި ފައިސާ ދޫކުރެވޭ، އަދި މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މިފްކޯގެ ޓީމަށް ދެއްވާ ހާއްސަ އަހައްމިއްޔަތުކަމާއި އެހީތެރިކަމަށް ޝުކުރު ދަންނަވަން،" މިފްކޯގެ އޮފިޝަލެއް ވިދާޅުވި އެވެ.

މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމުގައި ދަތިތަކެއް ކުރިމަތިވެ ސަރުކާރުން ވަނީ މަސް ގަންނަ އަގު ކޮންމެ ހަފުތާއަކު ކަނޑައަޅާ ގޮތަށް ބަދަލު ކޮށްފަ އެވެ. މަހުގެ އަގު ކަނޑައެޅުމުގައި މިފްކޯއިން މިހާރު ބަލަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަށެވެ.

ނަމަވެސް މި ސަރުކާރު ވެރިކަމަށް އައީ މަސް ކިލޯއަކަށް 20ރ. ގެ މަގުން ކޮންމެ ދެ ހަފުތާއަކުން ފައިސާ ދޫކުރާނެ ކަމުގެ ވައުދާ އެކު އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު، މަސް ކިރަމުންދިޔައީ 25ރ. އަށް ކިލޯއެއްގެ މަގުންނެވެ. ފަހުން އެ އަދަދު 20ރ. އަށް ކުޑަކުރީ 25ރ. ގެ މަގުން މަސް ކިރައިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ފައިސާ ނުދެވޭނެ ކަމަށް ބުނެ އެވެ.